ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ސްރީލަންކާއަށް ވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއާ ބައްްދަލުކުރައްވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެގައުމަށް ވަޑައިގެންފިއެެވެ. މި ދަތުރުފުޅަކީ މިއަހަރު ފެށުނު ފަހުން ބޮޑުވަޒީރު އިމްރާން ޚާން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެެވެ. އަދި އިމްރާން ޚާނަކީ ކޮވިޑް-19 ފެށުނު ފަހުން ސްރީލަންކާއަށް ފުރަތަަމަ ޒިޔާރަތްކުރައްވާ ގައުމެއްގެ އިސްެެވެރިޔާއެވެ.

ޕާކިސްތާނުގެ ބޮޑުވަަޒީރާއެކު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބަައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ޕާކިސްތާނު ސިފަކުރެއްވީ ގާތް، ހަގީގީ ރަހުމަތްތެރިއެއްގެ ގޮތުގައެވެ.

"އަހަރުމެން ވަނީ މުހިއްމު ސަރަހައްދީ އަދި ބައިނަލް އަގުވާމީ މައްސަލަތަކާ މެދު، އަދި ކޮރޯނާވައިރަސްގެ ހާލަތާމެދު މަޝްވަރާކޮށްފައި. އަދި ޓޫރިޒަމާ ވައިގެ ދަތުރުފަތުުރުގެ ދާއިރާގައި ހަރަކާތްތައް އިތުރުކުރުމަށް އަހަރުމެން ވަނީ އެއްބަސްވެފައި." ރާޖަޕަކްސާ ވިދާޅުވިއެވެ.

40 އަަށް ވުރެ ގިނަ ވިޔަފާރިވެރިންގެ ވަަފުދަކާއެކު ވަޑައިގަތް އިމްރާން ޚާން ވިދާޅުވީ އޭނާގެ ދަތުރުފުޅުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް އިތުރުކުރުން ކަމުގައެވެ.  

"އަހަރެންގެ މިޒިޔާރަތުގެ މަގްސަދަކީ (ސްރީލަންކާ އާއެކު އޮތް) ދޭދޭ ގުޅުން ބަދަހިކުރުން. ޚާއްސަކޮށް ވިޔަފާރީއާއި އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކުރުން." ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވިއެވެ.

މި ދަތުރުފުޅުުގައި ދެގައުމުގެ ދެމެގައި 5  އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

އިމްރާން ޚާން ދަތުރުފުޅުގައި ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގައި ތަގުރީރުކުރައްވަން ހަަަމަޖެހިފައި އޮތް ނަމަވެސް ފަހުން އެކަން ވަނީ ކެންސަލްކޮށްފައެެވެ. ސްރީލަންކާ ރަސްމީކޮށް ބުނި ގޮތުގައި ތަގުރީރުކުރުން ކެންސަލް ކުރީ ކޮވިޑް-19 ގެ ހާލަތު އޮތްގޮތުންނެވެ. ނަމަވެސް ކޮޮލޮމްބޯއިން ލިބޭ ބައެއް ޚަބަަރުތައް ބުނާ ގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރަށް އެވަރުގެ ޝަަރަފެއް އަރުވައިފިނަމަ، އިންޑިޔާއާ އޮތް ގާތް ގުޅުމަށް އަސަރުކޮށްފާނެތީ، ސްރީލަންކާ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަރާތްޕުޅުތަކުން އެކަން ކުރިއަށް ދާން ބޭނުންފުޅު ނުވީއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަކު އެންމެ ފަހުން ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2016  ވަނަ އަހަރުއެވެ. އެއީ އޭރުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފު ކުރެއްވި ދަތުރުފުޅެވެ.

އިމްރާން ޚާން އެންމެ ފަހުން ސްރީލަންކާއަށްް ވަޑައިގެންފައި ވަނީ 1986 ވަނަ އަހަރުގައެވެ. އެއީ، ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމާއެކު އެ ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.