އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނަށް 1 ޓްރިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ: ޚާރިޖީ ވަޒީރު

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ސަބަބުން އީރާނުގެ އިގުތިސާދަށް 1 ޓްރިލިއަން އެމެރިކާ ޑޮަލަރުގެ ގެއްލުން ވެފައިވާ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެެވެ. އޭނާ ވިދާޅުވީ އެމެރިކާއިން މި ގެއްލުުމުގެ ބަދަލު ދޭނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

އޭނާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ އީރާނުގެ ޕްރެސް ޓީވީއަށް ދެއްވި ގަޑިއެއްހާއިރުގެ ބަސްދީގަތުމެއްގައެވެ.

ޒަރީފުގެ ވާހަކަފުޅުގައި ވިދާޅުވެފައިވާ ގޮތުގައި، ނިއުކުލިޔާ އެއްބަސްވުމުގައި ބައިވެރިވެފައިވާ އެހެން ގައުމުތަކާ ގުޅިގެން އެމެރިކާ އެއްބަސްވުމަށް އެނބުރި އައިސް، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން، އީރާނު ދެން ބޭނުންވާ ކަމަކީ އެގައުމަށް ލިބިފައިވާ ގެއްލުުމުގެ ބަދަލު ހޯދަން މަޝްވަރާކުރުމެވެ.

"އެމެރިކާ ވަނީ ދަތިރުކުރުމުގެ ފިޔަވަޅު އެޅުމާއި، ބިރުދައްކަައިގެން ކަންކަން ކުރުވުމާއި، ފިއްތުންތައް ކުރިމަތިކުރުމަށް ދެވިހިފާފައި. އެއް ހާސް އަހަރުގެ ތާރީޚެއް އޮތް ގައުމަކާ ދެކޮޅަށް އެކަން ކާމިޔާބު ނުވާނެ." އެމެރިކާގެ ދަތިކުރުމުގެ ފިޔަޅުތަކަށް ފާޑުވިދާޅުވަމުން ޒަރީފު ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަަރުކާރުން ވަނީ 2018 ވަނަ އަހަރު ނިއުކުލިޔާ އެއްބަސްުވުމުން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

ޚާރިޖީ ވަޒީރު ޒަރީފު ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ނިއުކުލިޔާ އެއްބަސްވުމުގެ ކުރިން އީރާނާ ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ 800 ފިޔަވަޅެއް އަލުން އަަޅައި، އިތުރު 800 ފިޔަަވަޅުވެސް އަޅާފައެވެ. މި ހުރިހާ ފިޔަވަޅުތަކެއް އުވާލުުމުން މެނުވީ އެމެރިކާއަށް ނިއުކުލިޔާ އެއްބަސްވުމަށް އަނބުރާ ނާދެވޭނެއެވެ.

އެމެރިިކާއިން އީރާނަށް ބަދަލު ދެވިދާނެ ގޮތްތަކާ މެދުވެސް ޚާރިޖީ ވަޒީރު ވަނީ އިޝާރާތްކުރައްވާފައެވެ.

"އެ ދެވޭ ބަދަލަކީ މާލީ ބަދަލު ކަމުގައިވެސް ވެދާނެ، އިންވެސްޓުުކުރުމުގެ ސަފައިގައިި ބަދަލު ދެވިދާނެ، ނުވަަތަ ޓްރަމްޕް އެޅުއްވި ފަދަ ފިޔަވަޅުތައް ދެން ނޭޅޭފަދަ ގޮތަކަށް ކަންކަން ހަމަޖެއްސުން ކަމުގައިވެސް ވެދާނެ." ޒަރީފު ވިދާޅުވިއެވެ.

ރައީސު ޖޯ ބައިޑަން އެމެރިކާ ރައީސުކުމާ ހަވާލުވެވަޑައިގަތް ފަހުން، އެމެރިކާ އަލުން ނިއުކުލިޔާ އެެއްބަސްވުމާ އަލުން ގުޅިދާނެކަމުގެ އުއްމީދުވަނީ އާލާވެފައެވެ. އެހެންނަމަވެސް، އެހެންނަމަވެސް، އީރާނުން ބުނަނީ އެމެރިިކާގެ ސިޔާސަތުތަކަށް އަދިވެސް މާބޮޑު ބަދަލެއް ގެނެސްފައި ނުވާ ކަމުގައެވެ.

އެގޮތުން، ޒަރީފު ފާހަަގަކުރެއްވި ގޮތުގައި، ކޮވިޑް-19 އާ ހަނގުރާމަކުރުމަށް އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ނަގަން އީރާނުން މަސައްކަތްކުރާ 5 ބިލިއަން ޑޮލަރުގެ ލޯނު ދޫކުުރުމަށްވެސް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.