ކޯސްޑްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރަން އިންޑިއާއާއެކު ސޮއިކޮށްފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޑްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރުމާ ބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު  ސޮއިކޮށްފިއެވެ.

މިއަދު މިމިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ  މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމަނިއަމް ޖައިޝަންކަރެވެ.

މިބަނދަރާއި ޑޮކްޔާޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެއަތޮޅު އުތުރު ތުލަފަޅުގައެވެ. އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވާގޮތުގައި ބަނދަރާއި ޑޮކް ޔާޑް ތަރައްޤީކުރުމައެކު އެތަނަށް ބޭނުންވާ އެންމެހައި ޢުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަޞީޅަތް ތަރައްޤީކުރުމުގައި އެޤައުމުން އެހީތެތރިވާނެއެވެ.

އެގޮތުން އެބަނދަރުގައި ރާޑަރު ސިސްޓަމް ހަރުކުރުމާއި އެކަމުގެ ޚިދުމަތްތައް ތަރައްޤީ ކުރުމާއި ދިވެހި މުވައްޒަފުން ތަމްރީނު ކުރުންވެސް ހިމެނެއެވެ. އަދި 15 އަހަރުދުވަހުގެ މުއްދަތަކަށް ޑޮކްޔާޑާއި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކޯސްޓްގާޑް ބަނދަރަކާއި ޑޯކްޔާޑް ތަރައްޤީކުރުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫޢެކެވެ. މިއީ 2016 ވަނަ އަހަރުގެ އެޕްރީލްމަހު، ރައީސް ޢަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން"ގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.