ކޮވިޑް-19، ދިފާޢު : އިތުރު 6,171 މީހުންނަށް ވެކްސިން ދީފި

ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ ކޮވިޑް-19އިން ރައްކާތެރިވާ ވެކްސިން މިއަދު އެކަނިވެސް 6,171 މީހުންނަށް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖެއިން މިއަދު 6,171 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެސަރަޙައްދުން ވެކްސިން ޖެހި 4،310 މީހުންނާއި އަތޮޅުތެރޭގައި ވެކްސިންޖެހި 1،861 މީހުން ހިމެނޭހެންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 56،218އަށް އަރާފައެވެ.

މިހާތަނަށް ވެކްސިން ޖެހި ޖުމުލަ ޢަދަދުގެތެރެއިން މާލެ ސަރަޙައްދުން  43،838މީހުންނަސް ވަނީ ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތަކުން  12،380 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.