ޒަޚަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފަޅުރަށަކުން ފެނިއްޖެ

ވ.އަތޮޅު ފޮއްތެޔޮބޮޑުފުށި ކިޔާ ފަޅު ރަށުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމީހާ މަރުވެފައި އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 11:02 ހާއިރުކަމަށެވެ. މިކަން އެނގުނީ އެ ފަޅުރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކު ރިޕޯޓުކުރުމުންކަމަށާ، މަރުވެފައިވާ މީހާއަކީ ބިދޭސީއެއްކަމަށް ބެލެވޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.  މިމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.