ކޮވިޑް-19: ތިންވަނަ ރާޅާއެކު ރާއްޖެ މިވަނީ ނުރައްކާތެރި ޙާލަތެއްގައި: ޑރ. މުޙަންމަދު ޢަލީ

ޑރ. މުހައްމަދު އަލީ

ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ރާއްޖެ މިވަނީ ނުރައްކާތެރި ޙާލަތެއްގައިކަމަށާ، މިޙާލަތުގައި އިތުރު ސަމާލުކަމެއް ދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ނުކޮށްފިނަމަ ޙިތާމަކުރަންޖެހޭފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުޙަންމަދު ޢަލީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19ގެ ޕެންޑަމިކް ދުނިޔެއަށް ކުރިމަތިވީފަހުން އަދި ރާއްޖޭގައި މި ބަލިމަޑުކަން ފެތުރެން ފެށިފަހުން މިހާ ނުރައްކާތެރި ޙާލަތަކަތަށް އަދި ރާއްޖެ ގޮސްފައި ނުވާކަމަށެވެ. ޙާލަތުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވަމުން އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވާކަމަކީ ހައިރިސްކް މީހުންނާއި ޢުމުރުން ދުވަސްވީ މީހުން ނުރައްކަލަށް ހުށަހެޅިގެން ދިއުންކަމުގައެވެ. އެގޮތުން އެންމެ ގިނައިން އެޑްމިޓް ކުރަންޖެހުނީ ޢުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިބައްޔަށް ބޭސްކުރާ މީހުންކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

ޙާލުގޯސްވެ ރާއްޖެއިން މިބަލީގައި ދުނިޔެ ދޫކުރާ މީހޫންވެސް އާދަޔާ ޚިލާފަށް އިތުރުވެފައިވާކަމަށާ، މި ފެބްރުއަރީމަހުގެ މިހާތަނަށް އައިއިރު 4 މީހުން މިބަލީގައި ނިޔާވެފައިވާކަން ޑރ.މުޙަންމަދު އަލީ ފާހަގަކުރެއްވިއެވެ. މިޙާލަތުން އަރައިގަތުމަށް އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެފިޔަވަޅުތަކުގެ މަތީގައި ސާބިތުވެ ތިބުމަށް އޭނާ އެންމެހައި ރައްޔިތުންނަށް ގޮވާލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.