ހިޔާ ދާއިމީ ލިސްޓު: ފްލެޓް ލިބޭނީ 6،720 މީހުންނަށް

ރައީސް ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ"އަށް ފްލެޓަށްއެދި ކުރިމަތިލީ 25،000އަށްވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭނީ 6،720 މީހުންނަށްކަމަށް މިސަރުކާރުން ހާމަކުރައްވައިފިއެވެ.

މިގޮތަށް ހާމަކުރެއްވީ ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓުގައެވެ. ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ގެޒެޓުކޮށްފައިވާ ދާއިމީ ލިސްޓުގައިވަނީ ފްލެޓު ލިބޭނީ 6،720 މީހުންނަށް ކަމަށެވެ.

ހިޔާ ފުލެޓްގެ ދާއިމީ ލިސްޓް އިއުލާންކޮށްފައިވަނީ H8 - މާލޭ ރައްވެހިންނަށް ހާއްސަ ކެޓަގަރީއާއި، H9 - މާލޭ ދަފްތަރުގެ މީހުންނަށް ހާއްސަ ކެޓަގަރީއާއި، H7 - އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީއާއި، H10 - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީއާއި، H6 - އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީއާއި، H5 - ޓީޗަރުންނަށް ހާއްސަ ކެޓަގަރީއާއި، H4 - ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީއާއި، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.