އައްޑޫގައި ކޯވިޑްގެ ހާލަތު  ގޯސްވެ މެންބަރު ނިހާދުގެ ކަންބޮޑުވުން 

އައްޑޫގައި ކޯވިޑްގެ ހާލަތު ވަރަށް ގޯސްކަމަށް ވިދާޅުވެ އައްޑޫ ފޭދޫ ދާއިރާ މެންބަރު މުޙައްމަދު ނިހާދު ކަނަްބޮޑުވުން ފާޅުކުރައްވައިފިއެވެ. 

މާލޭގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައި ހުށަހެޅި ކުއްލިމައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނިހާދު ވަނީ އައްޑޫގައި ކޯވިޑް ފެތުރެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.  އޭނާ ވިދާޅުވީ އައްޑޫގައި ކޯވިޑް ޖެހިފައިވާ މީހުންގެ އިއްޔެގެ ނިޔަލަށް 40 ހުން މައްޗަށް ގޮސްފައިވާކަމަށެވެ. ޑޮކްޓަރަށް ދެއްކުމަށް މިފަދަ ބައެއް މީހުން ދިއުމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންގެ އެތައް ބަޔަކު ކަރަންޓީން ވާންޖެހިފައިވާކަމަށެވެ. ކޮންޓެކްޓް ލިސްޓް ވަރަށް ދިގުކަމަށާއި ސާމްޕަލް ނެގުމަށް ކުރަންޖެހޭ އިންތިޒާރުވެސް ވަރަށް ދިގުކަމަށެވެ. ހުން އައިސް ބަލިކޮށް ތިބި މީހުން ގޭގޭގައި އެބަތިކަމަށެވެ. މިޙާލަތުގައި އައްޑޫގައި ކަރަންޓީން ފެސިލިޓީ ހުރިތޯ އާއި ޕީޕީއީ ހުރިތޯއާއި ވެންޓިލޭޓަރު ހުރިތޯ  އާއި ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވޭތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. 

އައްޑޫގައި މިހާރު ވެކްސިން ދެމުން ދަނީ އައްޑޫ ހުތަދޫގައި ހުންނަ ހައިސްކޫލުގައިކަން ފާހަގަ ކުރައްވައި، 

ހެލްތް ސެންޓަރުން ތަކުން، ޢުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކު މީހުންނަށް ވެކްސިން ދެވޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖައްސައި ދިނުމަށް ވެސް އޭނާ ވަނީ ގޮވާލައިފައެވެ. 

އެޗްއީއޯސީ އިން ވިދާޅުވެފައި ވަނީ އައްޑޫގައި މިހާރު ކޯވިޑް ފެތުރެމުން ދަނީ ދެ ކްލާސްޓަރ އަކުން ކަމަށެވެ. ކޯވިޑް ކޭސްތައް ފެނުމާއެކު އައްޑޫސިޓީ އެއްކޮށް ވަނީ މޮނިޓަރިންގައެވެ. އައްޑޫގައި ކޯވިޑް ފެތުރެމުންދަނީ ހިތަދޫ ކްލަސްޓަރ އާއި ހުޅުމީދޫ ކްލަސްޓަރ އަކުންނެވެ. ހުޅުމީދޫން ފުރަަތަމަ ކޯވިޑަށް ޕޮޒިޓިވް ވީީ އެރަށަށް ޒަރޫރީ ހިދުމަތް ތަކެއް ދިނުމަށް ފުލުހުންގެ ހުއްދައާއެކު ދިޔަ ބައެއްގެ ތެރެއިން ދެމީހެކެވެ. އެރަށުގައި މިހާރު 25 މީހަކަށް ބަލި ޖެހިފައިވާކަމަށް އެޗްއީއޯސީ އިން ވިދާޅިވިއެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 56 މީހަކު ފަހަގަ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. 

ހިތަދޫ ކްލަސްޓަރއިން އިއްޔެގެ ނިޔަލަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.  ހިތަދޫ ކްލާސްޓަރގެ ކޮންޓެކްޓުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ އިތުރުން ގދ. ތިނަދޫން ވެސް ވަނީ ފާހަގަކުރެވިފައެވެ.  ހިތަދޫ ކްލަސްޓަރގެ 44 ހަތަރު ކޮންޓެކްޓުން އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުން ފާހަގަ ކުރެވިފައިވާއިރު ތިނަދޫ ކޮންޓެކްޓުންގެ ޢަދަދު ވަނީ 25 އަށް އަރައިފައެވެ. ހިތަދޫ ކްލަސްޓަރގެ ކޮންޓެކްޓެއް ޕޮޒިޓިވް ވުމާ ގުޅިގެން ތިނަދޫވެސް އޮތީ މޮނިޓަރިންގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.