އަސްކަރީ އިންގިލާބާ ދެކޮޅަށް މިޔަންމާގައި ކުރާ އިހުތިޖާޖު ވަރުގަދަ ވަނީ

އަސްކަރީ އިންގިލާބާ ދެކޮޅަށް މިއަދު މިޔަންމާގެ އެންމެ ބޮޑު ރަށް ޔަންގޯންގައި އިހުތިޖާޖުކުރަނީ

މި ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހު މިޔަންމާ (ބަރުމާގެ) ސަރުކާރު ވައްޓާލައި، މަދަނީ އިސްވެރިން ހައްޔަރުކޮށް އެގައުމުގައި ގެނައި އަސްކަރީ އިންގިލާބާ ދެކޮޅަށް ކުރާ އިހުތިޖާޖުތައް ވަރުގަދަ ވެއްޖެއެވެ. މިއަދު މިޔަންމާގެ އެކި ކަންކޮޅުަތަކުގައި އެތައް ހާސް ބަޔަކު ނުކުމެ ވަނީ އިހުތިޖާޖުކޮށްފަެއެވެ. މިއީ 2007 ގެ 'ސެފްރޮން ލިވޮލިއުޝަން' އަށް ފަހު މިހާ ގިނަ ބަޔަކު އަސްކަރިއްޔާއާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ. މިޔަންމާއަށް ޑިމޮކްރަސީ ގެނެސް މަދަނީ ސަރުކާރެއް ވެރިކަމަށް އައުމަށް މަގު ފަހިކޮށްދިނީ 2007 ގެައި ގިިނަ ބަޔަކު މަގުމައްޗަށް ނުުކުމުެ ކުރި އިހުތިިޖާޖުތަކެވެ.

ސްޓޭޓް ޗާންސެލާ (ބޮޑުވަޒީރު) އާންގް ސަން ސޫ ޗީ މަގާމުން ދުރުކުރި އިންގިލާބަށް ފަހު، އިދިކޮޅު ހަރަކާތްތައް ވިލަރެސްކުރުމަށް ފުރުސަތު ނުދިނުމަށްޓަކައި އިންޓަނެޓުގެ ޚިދުމަތް ކަނޑާލުމުންެވެސް މީހުން އެއްވުން ނުހުއްޓުވުނެެވެ.

ބައެއް އަންދާޒާތައް ބުނާ ގޮތުގައި މިއަދު، އިހުތިޖާޖުގެ ދެވަނަ ދުވަހު އެންމެ ބޮޑު ރަށް އަދި ކުރީގެ ވެރިރަށް ޔަންގޯން (ރެންގޫން) ގެ މަގުތަކަށް ލައްކައެއްހާ މީހުން ނުކުތެެވެ. އަދި އެހެން ރަށްރަށުގައި ވެސް އެތައް ހާސް ބަޔަކު ވަނީ އިންގިލާބާ ދެކޮޅަށް އަޑުއުފުލުމަށް ނުުކުމެފައެވެ.

އިހުތިޖާޖުގެ ބައިވެރިން ތިބީ ސޫ ޗީގެ ޕާޓީ، ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ގެ ކުލަ ކަމުގައިވާ ރަތްކުލައިގެ ޓީޝާޓު ލައިގެން، ރަތް ފުއްޕާހަމާއި ރަތް ދިދަ ހިފައިގެންނެވެ. އެމީހުން ދިޔައީ "އަސްކަރީ ޚުދުމުޚުތާރު ވެރިކަމެއް އަހަރުމެން ބޭނުމެއް ނޫން. އަަހަރުމެން ބޭނުމީ ޑިމޮޮކްރަސީ." އޭ ގޮަަވައި އަޑުއުފުލަމުންނެވެ.

ގިނަ އަދަދެއްގެ ފުލުހުން ޝީލްޑުތަކާއެކު މަގުތަކަަށް ނުކުމެ، އިހުތިޖާޖުކުރަމުން ދިޔަ މީހުން ހުއްޓުވަން މަަސައްކަތްކުރި ނަމަަވެސް، މީހުންެގެ އަދަދު ގިނަ ކަމުން، ގިނަ ބަޔަކު ވަނީ ފުލުހުން ސަފުތައް ފޫއަޅުވާލައި، ބޮޑު ހަމަނުޖެހުމަކާ ނުލައި ޔަންގޯންގެ ސިޓީ ހޯލް ކައިރިއަށް އެެއްވެފައެވެ.

އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުންނަށް ފިނިފެންމާ ހަދިޔާކޮށްފައި ވެސް ވެއެވެ.

އިންގިލާބަށް ފަހު އަސްކަރިއްޔާއިން ވަނީ ގާނޫނާ ޚިލާފަށް 6 ވޯކީޓޯކީ އެތެރެކުރުމުގެ ތުހުމަތު އުމުރުން 75 އަހަރުގެ ސޫ ޗީގެ މައްޗަށް ކޮށްފައެވެ. އަދި ތަހުގީގަަށްޓަކައި ކަމަށް ބުނެ މި ފެބުރުވަރީ މަހުގެ 15 އާ ހަމައަށް އޭނާ ފުލުހުން ބަންދުގައި ބަަަހައްޓާފައެވެ. އޭނާގެ ގާނޫނީ ވަކީލުން ބުނެފައިވަނީ ސޫ ޗީއާ ބައްދަލުކުރުމުގެ ފުރުސަތު ފުލުހުން އެމީހުންނަށް ދީފައި ނުވާކަމުގައެވެ.

އދ.ން މިޔަންމާއަށް ކަނޑައަޅާފައި ހުންނަވާ ރެޕޯޓާ ތޯމަސް އެންޑްރޫސް ވިދާޅުވި ގޮތުގައި އިންގިލާބަށް ފަހު ސިފައިން ވަނީ 160 މީހުން ހައްޔަރުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.