ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅައިދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އިފް އިސްލާމިކް އެފެއާޒު އިޢުލާންކޮށްފިއެވެ. 

މި މިސްކިތް އަޅައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މަޢުލޫމާތު ސާފުކުރުމަށްވަނީ ހުޅުވާލައުފައެވެ. އިޢުލާނުގައި ވާގޮތުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ އެކަމަށް ރަޖީސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. 

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހު އެގާރަވަނަ ދުވަހުގެ  14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލައިފައެވެ. ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖައްސައިފައިވަނީ މިމަހު 14 ވަނަ ދުވަހު 13:00 ގައެވެ. އަންދާސީ ހިސާބު، ނުވަތަ ބިޑް ހުށަހެޅުން އޮންނާނީ މިމަހު 21 ވާ ބުދަ ދުވަހު  13:00 އެމިނިސްޓްރީގެ މީޓިން ރޫމް އެކެއްގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.