ޕޮލިސް ކޮމިޝަނަރ ޙަމީދު ކޯވިޑް ވެކްސިން ޖައްސަވައިފި 

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19 ގެ ވެކްސިން ޖައްސަވައިފިއެވެ.

ކޯވިޑް ވެކްސިންގެ ފުރަތަ ޑޯޒު ޖެއްސެވުމަށްފަހު ސީޕީ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަކުރައްވައިފައެވެ. އަދި ކޯވިޑް ފެތުރުން ހުއްޓުވުމަށް ރައްކާތެރި ފިޔަވަޅުތައްކަމުގައިވާ މާސްކު އެޅުމާއި، އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމަށް ވަނީ ހަނދާން ކޮށްދެއްވައިފައެވެ.

ސީޕީ ހަމީދު މިއަދު ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވިި އިރު އިއްޔެ ވަނީ ފުލުހުންގެ 100 އަށް ވުރެ ގިނަ އޮފިސަރުންވެސް ކޯވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. 

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށިތާ މިއަދަށް މީ ހަތްވަނަ ދުވަހެވެ.  މިހާތަނަށް ހަހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޯވިޑް ވެކްސިނެވެ. އިންޑިއާއިން ވަނީ  އެއްލައްކަ  ޑޯޒް ކޯވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ. ޗައިނާއިން ވެސް އެއްލައްކަ ޑޯޒުގެ ވެކްސިން ރާއްޖެ އަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.