އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިމީހުން މިސްކިތްތަަކަށް ނުދިއުމަށް އަންގައިފި

އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިމީހުން މިސްކިތްތަަކަށް  ނުދިއުމަށް މިނިސްޓްރީ އޮފް  އިސްލާމިކް އެފެއާޒުން އަންގަވައިފިއެވެ. 

މިކަން އަންގައިފައިވަނީ ކޯވިޑް- 19 އާގުޅިގެން މިސްކިތްތަކަށް ދާ  މީހުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. މިސްކިތްތަކަށް ނުދިއުމަށް އިރުޝާދު ދީފައިވާ  އިތުރު މީހުންގެ ތެރޭގައި ހުންއައިސް ރޯގާޖެހި ކެއްސާމީހުންވެސް ހިމެނެއެވެ. 

މިސްކިތަށް ނަމާދަށްދާ މީހުން ސަމާލުކަންދޭންވީ ކަންތައްތައް:

* ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.

* މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލައިގައި ނޫނީނަމާދު ނުކުރުން

* މާސްކު އެޅުން.

*  މިސްކިތަށް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.

*މިސްކިތައް ވަނުމަށްފަހު އެކިތަންތަނުގައި ތިބުމުގެ ބަދަލުގައިި ފުރަތަމަ ސަފުން ފެށިގެން  ފުރަމުން ގެންދިއުން.

* ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން.

* ފުއްޕާމޭގެ ބަލި މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުނާއި ހުންއައިސް ރޯގާޖެހި ކެއްސާމީހުންވެސް މިސްކިތަށް ނުދިއުން.

* މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ދުރުހެލިވުން.

* މިސްކިތުގައިވާ ހަތިމުތައް ބޭނުން ނުކުރުން.

ކޯވިޑުން ރައްކާތެރި ވުމަށް އެޗްޕީއޭ އިން އެކުލަވާލައިފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.