ރައީސް ވަހީދު ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު، ހަސަން އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.

ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވައިއެވެ. 

ހަސަން އިބްރާހިމް މަނިކު (ހަނދުވަރު ހަސަންމަނިކު) އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ.  އޭނާ އަވަހާރަވީ މުސްކުޅިފުޅުކަމުގެ އާލާސްކަންފުޅުގައެވެ. 

ރައީސް ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅަކީ ގާތްގަޑަކަށް 50 ވަރަކަށް އަހަރުގެ މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއްކަމަށެވެ. އަދި ރައީސް އިބްރާޙީމް ނާސިރު އަރިހުގައި މަސައްކަތްކުރެވި ވަރަށް އިތުބާރު ކުރެއްވި ޚިދުމަތް ތެރިއެއްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.