އދ. ގެ ބެލުމުގެ ދަށުން ލީބިޔާގެ އާ ވަގުތީ ސަރުކާރު ހޮވައިފި

ފޯރަމްގެ ބައިވެރިން ވަގުތީ ސަރުކާރު ހޮވުމަށް ވޯޓުލަނީ

ޔުނައިޓެޑް ނޭޝަސް(އެކުވެރި ދައުލަތައް / އދ.) އިންތިޒާމްކުރި ފޯރަމުން ލިބިޔާގެ އާ ވަގުތީ ސަރުކާރު ހޮވައިފިއެވެ. އާ ސަރުުކާރު ހޮވާފައި ވަނީ ފޯރަމްގެ ބައިވެރިން ވޯޓުލައިގެންނެވެ.

ލީބިޔާގެ ވާދަވެރި ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވި ވޯޓުގައި ހޮވާފައިވާ 4 މެންބަރުންގެ ސަރުކާރަކީ އަންނަ ޑިސެންބަރު މަހު އދ.ގެ ބެލުމުގެ ދަށުން ބޭއްވުމަށް ރާވާފައިވާ އާއްމު އިންތިޚާބާ ހަމައަށް ލީބިޔާ ހިންގުމާ ހަވާލުވާ ވަގުތީ ސަރުކާރެވެ.

ދިގުމުއްދަތަކަށް ލީބިޔާގައި ވެރިކަން ކުރެއްވި ޒައީމު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ސަރުކާރު ވަައްޓާލައި އޭނާ އަވަހާރަކޮށްލުމަށްފަހު ލީބިޔާގައި ހިނގަމުން އައި ހަމަނުޖެހުމާ ލޭއޮހޮރުވުން ނިމުމަކަށް ގެނައުމަށް މުހިއްމު ފިޔަވަޅަކަށް ވެދާނެ މި މުހިއްމު މަސައްކަތުގައި ލީބިޔާގެ ތަފާތު ސަރަހައްދުތައް ތަމްސީރުކުރައްވާ 74 މަންދޫބަކު ބައިވެރިވެވަޑަައިގެންފައި ވެއެވެ.

" މި ތާރީޚީ ހިނދުކޮޅުގައި އދ.ގެ ފަރާތުން ބައިވެރިވުމަކީ އަަހަރެންނަށް ލިބުނު އުފަލެއް." ވޯޓަށް ފަހު ދެއްކެވި ވާހަކަފުޅުގައި އދ.ން ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ ވަގުތީ މަންދޫބު ސްޓެފަނީ ވިލިއަމްސް ވިދާޅުވިއެެވެ.

ސުވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ އޮތް ވޯޓުގައި ވަގުތީ ރިޔާސީ ކައުންސިލްގެ ރައީސަކަށް ހޮވިވަޑައިގެންފައި ވަނީ މުޙައްމަދު ޔޫނުސް މަންފީއެވެ. ލީބިޔާގެ އިރުމަތީ ރަށްތަކުގައި ބޮޑު ތާއީދެއް އޮތް މަންފީގެ ބޮޑުވަޒީރަކަށް ހޮވިވަޑައިގެންފައި ވަނީ ޢަބްދުލް ޙަމީދު މުޙައްމަދު ދްބައިބާއެެވެ. ރިޔާސީ ކައުންސިލްގެ ދެ މެންބަރުންގެ ގޮތުގައި ހޮވިވަޑައިގަތީ މުސާ އަލްކައުނީއާއި ޢަބްދުﷲ ޙުސައިން އައްލާފީއެވެ.

މި ބޭފުޅުންނަށް 39 މަންދޫބުންގެ ތާއީދު ލިބިވަޑައިގަތް އިރު، އެ ބޭފުޅުންނާ ދެކޮޅަށް ރިޔާސީ މަޖިލީހުގެ ރައީސުކަމަށް ވާދަކުރެއްވި ލީބިޔާގެ އިރުމަތީގަައި ގާއިމުވެފައި އޮތް ސަރުކާރުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސު ޢަޤީލާ ޞާލިޙުއަށާއި، ބޮޑުވަޒީރުކަމަށް ވާދަކުރެއްވި، ލީބިޔާގެ ހުޅަނގުގައި ގާއިމުވެފައި އޮތް ސަރުކާރުގެ ދާޚިިލީ ވަޒީރު ފަތުޙީ ބާޝާޣާއަށް ލިބިވަޑައިގަތީ 34 މަންދޫބުންގެ ތާއީދެވެ.

ބައިބައިވެފައި ލީބިޔާއަށް ސުލްހަ ގެނެސް އަލުން އެކަތިގަނޑަކަަށް ހެދުމަށް އދ.ން ކުރާ މަސައްކަތުގެ މުހިއްމު ބައެއްގެ ގޮތުން އުފައްދާފައިވާ ލީބިޔަން ޕޮލިޓިކަލް ޑައިލޮގް ފޯރަމް (އެލްޕީޑީއެފް) ގައި ހިމެނިވަޑައިގަންނަވާ 75 މަންދޫބުންގެ ތެރެއިން އިލްހާމް އައްސަޢޫދީ ވޯޓުގައި ބައިވެެރިވެޑައިނުގަންނަވައެެވެ. އަދި އެެހެން މަންދޫބަކު ވަނީ އަވަހާރަވެފައެވެ.

މި މަގާމުތަކަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުން ވަނީ އެއްބަސްވެފައިވާ މަގުޗާޓާ އެއްގޮތަށް ކުރިއަށް ވަޑައިގަތުމަށާ، 24 ޑިސެންބަރު 2021 ގައި އިންތިޚާބު ބޭއްވުމަށް އެއްބަސްވެވަަޑައިގެން ސޮއިކުރައްވާފައެވެ.

އދ. ލީބިޔާގެ ސުލްހައިގެ ފޯރަމް އެެއްކޮށް ވާދަވެރިން އެއްގަލަކަށް އެރުވުމަށް ކުރާ މަސައްކަަތުގައި ހަނގުރާމަ ހުއްޓާލުމަސް ވާދަވެރިން އެއްބަސްވެ 23 އޮކްޓޯބަރު 2020 ގައި ސޮއިކުރި ފަހުން ލީބިޔާ ދެކެމުން ދަނީ ނިސްބަތުން ހަމަހިމޭން ދުވަސްތަކެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.