އދ. މާމިގިލިން ރޭ މެންދަމު ބާރަ ޖެހި ފަހުން ޚަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން އައި އުމުރުން ހަތާވީސް އަހަރުގެ މުޙަންމަދު އަޝްފާގު އެރަށު ފަޅު ގެއަކު ނިދާފައި އޮއްވައި ފެނިއްޖެއެވެ.
ރޭ މެންދަމު ބާރަ ޖެހިފަހުން އަޝްފާގުގެ ފޯނު ކޯލެއް އޭނާގެ މަންމައަށް އައިފަހުން ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް އެރަށު މީހުން ވަނީ ރަށު ކައުންސިލާވެސް ގުޅިގެން ކޮށްފައެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވުމުން އާއިލާއިން ވަނީ ކަންބޮޑުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޝްފާގު އެރަށު ފަޅު ގޯއްޗަކު ޖައްސާލި ތަނުން ނިދުނީއެވެ. އޭނާއަށް އިތުރު ކަމެއް ދިމާނުވާ ކަމަށްވެއެވެ. އަދި ފެނުނުއިރު އޭނާގެ ޙާލުވެސް ބަރާބަރު ކަމަށްވެއެވެ.