ކޮވިޑް-19 : އިތުރު މީހަކު ނިޔާވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާދެމުންދިޔަ މީހަކު އަނެއްކާވެސް ނިޔާވެ ކޮވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 54އަށް އަރައިފިއެވެ. މިރޭ ނިޔާވެފައިވަނީ ޢުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ނިޔާވެފައިވަނީ މިރޭ 20:20ގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަޢުލޫމާތުދެއްވައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާދެމުންދިޔަ މީހަކު އިއްޔެވެސް ވަނީ ނިޔާވެފައެވެ. އިއްޔެ ހަވީރު 15:42ގައި ނިޔާވެފައިވަނީ ޢުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ ޖެނުއަރީމަހުގެ31ވަނަ ދުވަހުވެސް ދިވެއްސަކު މިބަލީގައި ނިޔާވެފައިވެއެވެ. އެދުވަހު ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.