ރިޔާސީ ބަޔާން: އިންސާނީ ވަގުފާރި ހުއްޓުވުމަށް ޚާއްސަ އޮފީހެއް މިއަހަރުތެރޭގައި ޤާއިމުކުރަނީ

އިންސާނީ ވަގުފާރި ހުއްޓުވުމަށް ހާއްސަ އެންޓި-ޓްރެފިކިން އިން ޕަރސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމަވައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙް ވިދާޅުވީ އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މަސައްކަތްތައް އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމަވައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހަރުދަނާ ކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށްޓަވައިފައިވާކަމަށެވެ. އެންޓި-ޓްރެފިކިން އިން ޕަރސަންސް އޮފީހެއް ނުވަތަ އިންސާނީ ވަގުފާރި ހުއްޓުމަށް ޚާއްޞަ އޮފީހެއް ޤާއިމުކުރުމުގެ މަސައްކަަތަކީ ނޭޝަނަލް އެކްޝަން ޕްލޭންގެ ދަށުން މިއަހަރުގެތެރޭގައި ކުރިއަށް ގެންދެވުމަށް ނިންމައިފައިވާ މަޝްރޫޢެއް ކަމަށެވެ.
އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ޞައްޙަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ. ފާހަގަ ކުރައްވައި ރައީސް ޞާލިޙް ވިިދާޅުވީ އެއީ ބަޔަކު ޤަޞްދުގައި ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމަށެވެ. އެކަން ތަކުރާރު ވިޔަނުދިނުމަށް އެމަނިކުފާނުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.  އެފަދަ ބިދޭސީން ޤަވާޢިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމުގައި މިހާތަނަށް 41000 ބިދޭސީއަކު، އަމިއްލައަށް އެދިގެން ރެޖިސްޓްރިވެފައިވާކަން ފާހަގަ ކިރެއްވިއެވެ. އަދި އެފަދަ ބިދޭސީންގެ ތެރެއިން 16775 މީހުން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން 8775 މީހުންނަކީ އަމިއްލައަށް އެދިގެން އެމީހުންގެ ޤައުމަށް އެނބުރާ ފޮނުވައިދެވުނު ޞައްޙަ ލިޔެކިއުމެއް ނެތި އުޅުނު ބިދޭސީންކަން ފާހަގަ ކުރެއްވިއެވެ. އަދި ލިޔެކިއުންތައް ހުރި 8000 އަށްވުރެ ގިނަ ބިދޭސީންވެސް، އެމީހުންގެ އެދުމުގެމަތިން މިދިޔަ އަހަރުގެ ތެރޭގައި ގައުމަށް ފުނުވައިދެވުނު ކަން ފާހަގަ ކުރެއްވިއެެވެ. އަދި އެ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. 

އިޖްތިމާއީ ދާއިރާގެ މައްސަލަތައް ޙައްލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ޞާލިޙުގެ ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.  އެފަދަ އެއްކަމަކީ އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވުނު މަސައްކަތްތައް ކަމަށް ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.