މިއަހަރުގެ ތެރޭގައި ޖުމުލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެނީ  

މިހާރު ތަރައްގީކުރަމުން އަންނަ ރިސޯޓްތަކާއި އެކު މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާކެޓަށް ނެރެވޭނެކަމަށް އަންދާޒާކުރެވޭ. ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު ވިދާޅުވީ މުޅިން އަލަށް ހުޅުވޭ ރިސޯޓްތަކާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ

މި އަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ. ކަމަށެވެ. އިޤްތިޞާދީ ޞިނާޢަތްތައް ފުޅާކުރާއިރު އެޞިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވަ ކަމަށް ވެސް ރައީސް ޞާލިޙު ފާހަގަ ކުރެއްވިއެވެ. މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް، ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަ ކުރެއްވިއެވެ.  

"ފަތުރުވެރިކަން އަލުން ކޮޅަށް  ޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން. ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއްވަނީ ބީލަމަށް ހުޅުވާލައިފަ. މީގެއިތުރުން ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް މިހާރުވާނީ ޤާނޫނަށް ބަދަލު ގެނެސްފައި. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަށް ކުރެވޭ، ވަރަށް މުހިންމު ކަމެއް." ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.