މަޖިލީސް މިއަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ހެދުނު

މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާއަކަށް ރައީސް ވަޑައިގަންނަވަނީ - ފޮޓޯ: އަވަސް އޮންލައިން

މަޖިލީސް މިއަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ހެދުނު 9ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި އޮންނާނެއެވެ. 

ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އެހެންކަމުން މާދަމައަކީވެސް ސަރުކާރު ބަންދު ދުވަހެވެ. ޤާނޫނުއަަސާސީގައި ބުނާ ގޮތުން ކޮންމެ އަހަރަކު ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ  ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް  ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަން ވާނެއެވެ. އެހެން ކަމުން ރައީސްގެ ރިޔާސީ ބަޔާނުގައި ކޯވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖެއަށް ކުރިމަތިވި ކަންކަމާއި މިހާރުގެ ކޯވިޑްގެ ޙާލަތާއި އަދި ކޯވިޑުން ރައްކާތެރިވުމަށް ދެމުންދާ ވެކްސިންގެ ކަންކަމަށް އަލި އަޅުވާލައްވާނެއެވެ. އަދި މިނޫން ވެސް މިއަހަރަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތަކާއި ލަނޑުދަނޑިތައްވެސް ހާމަކުރައްވާނެއެވެ. 

ކޯވިޑްގެ މިހާރުގެ ޙާލަތާއި ގުޅިގެން ރައްތޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާއަށް ކުރިން ދައުވަތު ދެއްވި ބައެއް ފަރާތްތަކުގެ ދައުވަތު ކެންސަލްކޮށް މިހާރު ދައުވަތު އަރުވައިފައި ވަނީ ހަމައެކަނި ވަޒީރުންނާއި ބޭރުގެ ސަފީރުންންނަށް އެކަންޏެވެ. 

މާދަމާ މަޖިލީސް ހުޅުވުމަށްފަހު މަޖިލީހުގެ ލައިބްރަރީ އާއި ޑިޖިޓަލް އަރުޝީފު ވެސް ރައީސުލްޖުމްހޫރިއްޔާ ހުޅުވައި އިފްތިތާހު ކޮށްދެއްވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.