އިނގިރޭސި މުސްލިމުންގެ އެންމެ ބޮޑު ޖަމްއިއްޔާގެ ވެރިއަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު

އެމްސީބީގެ ސެކްރެޓަރީ ޖެނެރަލަކަށް ހޮވިވަޑައިގަތް ޒާާރާ މުޙައްމަދު

އިނގިރޭސިވިލާތުގެ މުސްލިމުންގެ އެންމެ ބޮޑު ޖަމްއިއްޔާ، މުސްލިމް ކައުންސިލް އޮފް ބްރިޓްން (އެމްސީބީ) ގެ ސެކްރެޓަރީ ޖެނެރަލްއަކަށް ފުރަތަމަ ފަހަރަށް އަންހެނަކު ހޮވައިފިއެވެ.

އުމުރުފުޅުން 29 އަަަހަރުގެ ޒާރާ މަގާމަށް އިންތިޚާބުކޮށްފައި ވަނީ އެމްސިބީގެ އަހަރީ އާއްމު ޖަލްސާގައި އެ ޖަމްއިއްޔާއާ ގުޅިފައިވާ އިދާރާތަކުން  ލީ ވޯޓުގައެވެ. މި ވޯޓުގައި މަޝްހޫރު އިމާމު އަދި ޓީވީގެ ހުށަހެޅުންތެރިޔާ އަޖްމަލް މަންސޫރުފަދަ ބޭފުޅުން ބަލިކުރައްވާފައެވެ. އޭނާއަކީ މި މަގާމަށް ހޮަވިވަޑައިގަތް ފުރަތަމަ އަންހެން ބޭފުޅާއަށް ވުމުގެ އިތުރަށް މި މަގާމަށް ހޮވިވަޑައިގަތް އެންމެ ހަނގު ބޭފުޅާވެސް މެއެވެ.

"އަހަރެންގެ ތަސައްވުރަކީ އިނގިރޭސިވިލާތުގެ މުސްލިމުންގެ އެންމެންގެ ލާބައަށް މަސައްކަތްކުރާ، ތަފާތު ވައްތަރުގެ މީހުންނަށް ފުރުސަތުދޭ، އެެންމެން ހިމަނައިގެން މަސައްކަތްކުރާ އިދާާރާއެއް ބިނާކުރުން." ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގަތުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ޒާރާ ވިދާޅުވިއެެވެ.

އެމްސީބީގެ ސެކްރެޓަރީ ޖެެނެރަލް އިންތިޚާބުކުރަނީ ދެ އަހަރުގެ ދައުރަކަށެވެ.

"ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި އިންތިޚާބުވުމަކީ ވަރަށް ބޮޑު ޝަަރަފެއް. އަަހަރެންގެ އުއްމީދަކީ މިކަމުން އިތުރު އަންހެނުންނާ ޒުވާނުންނަށް ކުރިއަށް ނުކުމެ އިސްސަފުގައި ހަރަކާތްތެރިވުމަށް ހިތްވަރުލިބުން." ޒާރާ މުޙައްމަދުގެ ބަޔާނުުގައި ވެއެވެ.

ޒާރާގެ ކުރިން އެމްސީބީ ހިންގަވަމުން ގެންދެވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވެވަޑައިގަންނަވާ ހާރޫން ޚާނެވެ. އޭނާ ވަނީ އެ މަގާމުގައި ހަތަރު އަހަރު ހޭދަކުރައްވާފައެވެ. އެއީ އެެއް ބޭފުޅަކަށް އެ މަގާމު އަދާކުރެއްވޭނޭ އެންމެ ދިގު މުއްދަތެވެ.

ސެކްްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވިވަޑައިގަތުމުގެ ކުރިން އެމްސީބީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒާރާއަކީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވާފައިވާ ބޭފުޅެކެވެ.

މުސްލިމް ކައުންސިލް އޮފް ބްރިޓްން (އެމްސީބީ) އަކީ މިސްކިތްތަކާ، މުސްލިމް މަދަރުސާތަކާ، ހިލޭސާބަަހަށް މަސައްކަތްުކުރާ ޖަމާއައްތައް ހިމެނޭހެން މުސްލިމް 500 އަށްވުރެ ގިނަ އިދާރާ ތަމްސީލުކުުރާ ޖަމްއިއްޔާއެކެވެ.

އިނގިރޭސިވިލާތުގެ އޮފީސް އޮފް ދަ ނޭޝަނަލް ސްޓެޓިިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގައި 3.3 މިލިއަން މުސްލިމުން އުޅެއެެވެ. އެއީ އެ ގައުުމުގެ އާބާދީގެ %5 އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.