ރާއްޖެއަށް ލިބުނު 4 ވޯޓަކީ ކައުންސިލަށް ވާދަނުކޮށް އޮއްވައި ލިބުނު ވޯޓެއް

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް ހޮވުމުން ޕާކިސްތާނަށް މަރުހަބާ ކިޔަނީ

އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރި ގައުމު ތަކުގެ ތެރެއިން ރާއްޖެއަށް 4 ވޯޓު ލިބިފައި ވަނީ ރާއްޖެ އެ ކައުންސިލްގެ މަގާމަށް ވާދަނުކޮށް އޮއްވައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އޭޝިޔާ ޕެސިފިކް ގައުމު ތަކުން ހިއުމަން ރައިޓްސް ކައުންސިލަށް ހޮވުނު ގައުމުތަކުގެ ވޯޓު ލުމުގައި 4 ގައުމަކުން ރާއްޖެއަށް ވޯޓު ދިން ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ އެއީ ރާއްޖެ ވާދަކޮށްގެން އޮއްވައި ލިބުނު 4 ވޯޓު ނޫން ކަމަށާއި ކައުންސިލް މެމްބަރު ކަމަށް ވާދަނުކުރަން މާކުރިން ރާއްޖެ ނިންމާފައިވާ ކަމަށެވެ.  އެހެންކަމުން ކައުންސިލްގެ މެމްބަރު ގައުމަކަށް ރާއްޖެ ވާދަނުކޮށް އޮއްވައިވެސް ރާއްޖެއަށް ހަތަރު ވޯޓު ދީފައިވާ ގައުމު ތަކަށް ފޮރިން މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޖެނީވާގައި އޮތް ބައްދަލުވުމުގައި ރޭ ނެގި ވޯޓުގައި ރާއްޖެ ބައިވެރިވެސް ނުވެއެވެ. ނަމަވެސް ރާއްޖެއަށްވެސް 4 ގައުމަކުން ވޯޓު ލާފައި އޮތުމުން ވޯޓު ލިބުނު ގައުމު ތަކުގެ ލިސްޓުން ފެންނަން އޮތީ ކަމަށްވެއެވެ. އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ގޮނޑިއަށް ވާދަކުރީ ޖުމްލަ 5 ގައުމަކުންނެވެ. އޭގެތެރެއިން ނާކާމިޔާބުވީ މެލޭޝިޔާއަށެވެ.

ޖެނީވާގައި ހުންނަ ޔޫއެންގެ މައި މަރުކަޒުގައި އޮތް މި ވޯޓުގައި އޭޝިޔާ ޕެސިފިކް ސަރަހައްދުން ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ހަތަރު ޖާގަ ކަށަވަރުކުރީ އަފްޣާނިސްތާން އާއި ނޭޕާލް އަދި ޤަތަރުގެ އިތުރުން ޕާކިސްތާނެވެ. ނޭޕާލް ވަނީ 166 މެމްބަރު ގައުމުގެ ވޯޓު ހޯދާފައެވެ. ދެވަނައަށް އެންމެގިނަ ވޯޓު ހޯދި ޤަތަރަށް 155 މެމްބަރު ގައުމުން ވަނީ ވޯޓު ދީފައެވެ. ތިންވަނައަށް އެންމެގިނަ ވޯޓު ހޯދީ ޕާކިސްތާނެވެ. އެގައުމަށް 151 ގައުމަކުން ވޯޓު ދިންއިރު ފަހު ޖާގަ ކަށަވަރުކުރި އަފްޣާނިސްތާނަށްވެސް 130 ގައުމުގެ ރުހުން ވަނީ ލިބިފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.