ތޭރަ އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުޙަންމަދު ނަޝީދު އަނެއްކާވެސް އަވައްޓެރި ކޮލަމްބޯއަށް އަތުވެއްޖެއެވެ.
ރައީސް މުޙަންމަދު ނަޝީދު މިއަދުގެ ވަގުތެއްގައި ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ވަޑައިގެންނެވިއިރު އަރިހުގައި ކުރީގެ ފޮރިން މިނިސްޓަރ މަސްއޮޑި އަޙްމަދު ނަސީމްވެސް ވަޑައިގެންނެވިއެވެ. ނަޝީދު މިއަދު ލަންކާއަށް މިވަޑައިގަތީ އެމަނިކުފާނު ހައްޔަރުކޮށް، މާލެ ގެންނަން އަންގަވައިފިނަމަ އެކަން ކުރައްވާނެ ކަމަށް ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙަންމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެފައި ވަނިކޮށެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު މިއަދު ލަންކާއަށް ވަޑައިގެންނެވިއިރު ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކައިރީގައި ދިވެހިންގެ ބަޔަކު ވަނީ ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދި ޝަރީއަތަށް މައްސަލަތައް ފޮނުވާފައިވާ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ގޮވާލައި ސުލްޙްވެރި އިހުތިޖާޖު ކޮށްފައެވެ.
ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަމުން ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމުން ލަންޑަނަށް ވަޑައިގެން ފަހުން ރައީސް ނަޝީދު މީގެކުރިންވެސް ކޮލަމްބޯއަށް އެތައް ފަހަރަކު ވަޑައިގެންފައި ވެއެވެ.