ރައީސް އަބްދުﷲ ޔާމީނަށްޓަކައި އަމިއްލަ ހުރިހާ މުދަލެއްވެސް ގުރުބާން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށްޓަކައި ފަޚްރުވެރިވާ ކަމަށާއި އެހެންވެ ރައީސް ޔާމީނަށްޓަކައި ޖާނުން ގުރުބާން ވާންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ރައީސް ޔާމީނަށްޓަކައި ފަޚްރުވެރިވަން، ޖާނުދެން، ގުރުބާން ވަން، ރައީސް ޔާމީނަށްޓަކައި މުޅި މުދާވެސް ގުރުބާން ކޮށްފާނަން" ފަލާޙް ވިދާޅުވެފައި ވެއެވެ.
ފަލާޙް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވެރިކަމުގައި "500 އަހަރު ވިޔަސް ދެން ރައީސް ޔާމީން ވެރިކަމުން ނުބޭލޭނެ" ކަމަށެވެ. "އަޅުގަނޑުމެން އެމަނިކުފާނުގެ ވެރިކަން ޙިމާޔަތް ކޮށްދޭނަން" ފަލާޙް ވިދާޅުވެފައި ވެއެވެ. އަދި ރައީސް ޔާމީން ކަންކަން ކުރައްވާނީ "ބަރާބަރަށް" ކަމަށެވެ.