ރައީސް ޔާމީން ޖަލަށްލި ދުވަހު ރައީސް ނަޝީދު ކީރިތި ކުރެއްވި

މަނީ ލޯޑްރިން ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރިދުވަހު އެމްޑީޕީގެ ރައީސް، ރައީސް މުޙަައްމަދު ނަޝީދު  ދެރަފުޅުވެ ކީރިތި ކުރެއްވި ކަމަށް،  އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް އުފާފުޅުކުރައްވާ ކަމެއް ނޫންކަމަށެވެ. އެދޭކަމެއް ވެސް ނޫންކަމަށެވެ. އަދި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު އެންމެ މިނެޓެއްގައިވެސް  ޖަލުގައި އޮންނެވުމަކީވެސް އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އެމަނިކުފާނު ވެރިކަމުގައި ވެރިން ޖަލަށް ލުމުގެ ސަގާފަތެއް ނުގެން ގުޅުއްވާ ކަމަށާއި އެފުރުސަތު ރައީސް ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލުމަށްފަހު  އުފާފާޅުކޮށް ހަވާއަރުވާ ލަނގެރިޖެހުމާއި މާ ބެހުންފަދަ ކަންކަން ކުރިކަމަށް  ރައީސް ނަޝީދު ވިދާޅުވިއެވެ. 

"ރައީސް ޔާމީން ޖަލަށްލީ ދުވަހު އަޅުގަނޑުވީ ދެރަ. އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީ" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ޔާމީނަށް ވެސް އިސްތިއުނާފު މަރުހަލާގައި އިިންސާފު ލިބިގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.