ފިޝިންގ ޓޫރިޒަމް ތަރައްގީކުރުމުގެ އުއްމީދީ ޚަބަރެއް ދެއްވައިފި

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް

"ފިޝިންގް ޓޫރިޒަމް" ނުވަތަ މަސްވެރިކަމުގެ ފަތުރުވެރިކަން ތަރައްގީކުރުމުގެ އުއްމީދީ ޚަބަރެއް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ދެއްވައިފިއެވެ.

މަސްވެރިކަމުގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ މި އުއްމީދީ ޚަބަރު ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް ދެއްވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ މަސްވެރިންގެ ދުވަހު ފޮނުވި ތަހުނިޔާގެ މެސެޖްގައެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ފައިދާބޮޑު ފިޝިންގްޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ޒުވާންމަސްވެރިންނާއި ޓޫރިޒަމް ސެކްޓަރާއެކު މަސައްކަތްކޮށް މިކަން ކާމިޔާބު ވުމަކީ ފޮނި އުންމީދެއް ކަމަށެވެ. ޒުވާންމަސްވެރިޔާ، ސާޖިން އާއެކު ކުރެވުނު މަޝްވަރާއަކީ އެކަމުގެ އާ ފެށުމެއްކަމަށެވެ.

“މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން. ފައިދާބޮޑު ފިޝިންގްޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ޒުވާންމަސްވެރިންނާއި ޓޫރިޒަމް ސެކްޓަރާއި އެކު މަސައްކަތްކޮށް މިކަން ކާމިޔާބު ވުމަކީ ފޮނި އުންމީދެއް. ޒުވާންމަސްވެރިޔާ ސާޖިން އާއިއެކު ކުރެވުނު މަޝްވަރާއަކީ އާ ފެށުމެއް" ޓޫރިޒަމް މިނިސްޓަރ މައުސޫމް ގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުއެވެ. މަސްވެރިންގެ ދުވަހެއް ފާހަގަ ކުރަނީ މަސްވެރިންކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެމަސައްކަތް ދިރުވާ އާލާކުރުމަށެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.