ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން މިއަދު އިފްތިތާހު ކުރަނީ

ފޮޓޯ: ޓުވިޓަރ (ބީކޭއެމްޔޫ)

 ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) މިއަދު އިފްތިތާހު ކުރާނެކަމަށް އެޔުނިއަނުން ހާމަކޮށްފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައި ވަނީ އެ ޔުނިއަން އިފްތިތާހުކުރުމުގެ ޖަލްސާ އޮންނާނީ މިއަދު ގުޅިފަޅުގައި ކަމަށެވެ. އެރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސައިފައި ވަނީ ކަންނެލި އޮޑިފަހަރުގައިމިއަދު 10 ޖަހާއިރު އިރުއެވެ. އެކަމަށްޓަކައި ކަންނެލި އޮޑިފަހަރު ޒީނާތްތެރިކޮށް ތައްޔާރުވަމުންދާ މަނަޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އެ ޔޫނިއަނުން ސޯޝަލް މީޑިއާގައި ދަނީ ހާމަކުރަމުންވެ. އެޔޫނިއަނުން ބުނެފައިވަނީ އިފްތިތާހީ ޖަލްސާ ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށެވެ. ބޮޑުކަންނެލި މަސްވެރިން ޔޫނިއަންގެ އިފްތިތާޚީ ޖަލްސާގައި ހިންގާ ކޮމެޓީ އިންތިހާބު ކުރުމާއި، ހިންގާ ޤަވާއިދު ފާސްކުރުން އޮންނާނެމަށް އެ ޔޫނިއަނުން ވަނީ ހާމަކޮށްފައެވެ.

ބޮޑުކަންނެލި މަސްވެރިން ޔޫނިއަންގެ ޖަލްސާއަށްފަހު ކަންނެލި ދޯނިފަހަރުން މާލެ ސަރަހައްދުގައި ދޯނި ބުރެއް ބޭއްވުމަށް ވަނީ ހަމަޖައްސައުފައެވެ.

ބޮޑުކަންނެލި މަސްވެރިން ޔޫނިއަނަކީ މަސްވެރިންގެ އިޙްސާސް ތަކާއި މަސްވެރިންނަށް ދިމާވާ މައްސަލަތައް ސަރުކާރާއި މީޑިއާ ތަކާއި އާންމު ރައްޔިތުންގެ ސަމާލު ކަމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ގެނައުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ޖަމާޢަތެކެވެ.

މިއަދަކީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ކުރިމަތިވިއިރު ވެސް މަސްވެރިންނަށް ދިމާވެފައިވާ، ބާނާ މަސްކޮޅު ނުކިރުމާއި ހަމައަގު ނުލިބުމުގެ ޝަކުވާއަކަށް ހައްލެއް ހޯދައެއް ނުދެވެއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.