މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔަކަށް "ސަން" ގެ މުޒައްޔިން

މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެ ވޯރޑް "ސަން" ގެ މުޙައްމަދު މުޒައްޔިން ނާޒިމް ހޯދައިފިއެވެ. ތަޙްޤީޤީ ނޫސްވެރިކަމުގެ އެވޯޑްވެސް ހޯދީ އޭނާއެވެ.  

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އޮތީ ޓީވީއެމްގެ ސްޓޫޑިއޯގައެވެ. މި ހަފްލާގައި، ނޫސްވެރިކަމުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ އެކި ދާއިރާތަކުން އިނާމު ލިބުނު ނޫސްވެރިންގެ ނަންތައް އިޢްލާންކޮށް އިނާމާއި ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައި ވެއެވެ.

2019 ގެ ނޫސްވެރިކަމުގެ އިނާމު ލިބުނު ނޫސްވެރިންނާއި ދާއިރާތައް:

* އެންމެ އުންމީދީ ނޫސްވެރިޔާ: މުހަންމަދު މުޒައްޔިން ނާޒިމް، ސަން އޮންލައިން

* ތަޙްޤީޤީ ނޫސްވެރިކަން (ޕްރިންޓް/އޮންލައިން): މުހަންމަދު މުޒައްޔިން ނާޒިމް .

* އިޖްތިމާއީ ތާރީޚާއި ސަގާފީ ފަންނުވެރިކަމުގެ ދާއިރާއިން (ޕްރިންޓް/އޮންލައިން) : ޝަފްނާ ހުސައިން، ސަން އޮންލައިން.

* ސިޔާސީ ދާއިރާއިން: މުހައްމަދު ވިޝާމް، އަވަސް އޮންލައިން

* ޝަރުއީ އަދި ގާނޫނީ ދާއިރާއިން: މުއިއްޒު އިބްރާހިމް، މިހާރު

* ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން: އީމާން އަންވަރު، އަވަސް އޮންލައިން

* ކުޅިވަރުގެ ދާއިރާއިން: މުހައްމަދު ހަމްދޫން، މިހާރު

* ފީޗާ ރައިޓިން، (ޕްރިންޓް/އޮންލައިން) މުޙައްމަދު ޙަމްދޫނު ، މިހާރު

* ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ: މުޙައްމަދު އަފްރާޙު، އަވަސް އޮންލައިން

* ބްރޯޑްކާސްޓިންގ ކެޓެގަރީން ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ: ސިމާހާ ނަސީމް، ރާއްޖެ ޓީވީ

* ބްރޯޑްކާސްޓިން ކެޓެގަރީގެ ފީޗަރ ރިޕޯޓިން: ޝުރުފާ މުހައްމަދު، ވީޓި

* ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން: ޝުރުފާ މުހަންމަދު، ވީޓީވީ

* ފޮޓޯ ޖާނަލިޒަމްގެ ދާއިރާ: ނިޝާން އަލީ، މިހާރު

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ، ރިޟްވާންގެ ހަނދާނުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން، ރިޟްވާންގެ އާއިލާއަށް ޚާއްސަ ފިލައެއް ވަނި ދީފައެވެ. މި ފިލައާ ހަވާލުވީ ރިޟްވާންގެ ދައްތަ ޝެހެނާޒްއެވެ. މިފިލާ އާއިލާއާ ހަވާލުކުރުމުގެ ކުރިން ރިޟްވާންގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހަފްލާގައި ވަނީ ދައްކާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.