ފްލައިން ސްކޫލުގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަ މަޖިލީހަށް ވެއްދުމަށް އެދިވަޑައިގެންފި

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.

ރައިސް ނަޝީދު މިކަމަށް އެދި ވަޑައިގެނެނެވީ "އާސްކް ސްޕީކާ" ގައި ޕްލައިން ސްކޫލުގެ ދަރިވަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފްލައިން ސްކޫލުގެ ދަރިވަރު ވަނީ އެކުދިން އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ހައްލު ހޯއްދަވައި ދޭނެކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނޫސްބަޔާންތައް ނެރެފައވީނަމަވެސް އެކަންކަމަށް އައްޑޫ ފްލައިން ސްކޫލުން ޢަމަލު ކުރަމުން ނުދާކަމަށެވެ. އަދި އެސްކޫލާ ދޭތެރޭގައި ސަރުކާރުން ފިޔަވަޅެއް ނޭޅެނީ އެސްކޫލާމެދު ފިޔަވަޅު އަޅައިފިއްޔާ،ސްކޫލުން ދަރިވަރުނަށް އިތުރު ޓާމިނޭޝަނާއި ވާނިން ފޮނުވަފާނެކަމަށް ވިދާޅުވެފައިވާކަމަށެވެ.

ރައީސް ނަޝީދު އެކަމުގައި މަސައްކަތެއް ނުކުރައްވަނީ ކީއްވެގެންތޯ އެ ދަރިވަރު ރައީސް ނަޝީދަށް ސުވާލު ދެންނެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އަމައްސަލަ މަޖިލީހަށް ވެއްދުމުން އެކަމުގައި، މަޖިލީހުން މަސައްކަތް ކޮށްދެއްވާނެކަމަށެވެ.  ފްލައިން ސްކޫލު ހިންގާ ފަރާތަކީ ރައީސް ނަޝީދާ ގާތް ގުޅުމެއް އޮންނަ ފަރާތެއްކަމަށް ވެސް ބައެއްމީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.