ގެސްޓް ހައުސްތަކަށް އިސްލާމިކް ޓޫރިޒަމް ތައާރަފްކުރުމަށް ގޮވާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސްތަކަށް އިސްލާމިކް ޓޫރިޒަމް ތައާރަފްކުރުމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ގޮވާލައްވައިފިއެވެ.

މެމްބަރު ޝިޔާމް މިކަމަށް ގޮވާލެއްވީ މާފުށިން ފަތުރުވެރިއަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށްފަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީޏް އެކުލަވާލި ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. އެރިޕޯޓުގައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޑޭންޑާސް އިން އެމައްސަލަ ބަލައި ފުލުހުން ޢަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފައި ވުމުން އެމައްސަލަ އިތުރަށް ބަލާނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައިފައެވެ.

މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރުމުގައި ފުލުހުން ޢަމަލު ލޮށްފައިވާ ގޮތުގެ މައްސަލަ ބެލި ކޮމެޓީގެ ރިޕޯޓުގައިވާގޮތުން ފުލުހުން އަންހެން ފަތުރުވެރިޔާ ހައްޔަރުކުރަން މަސައްކަތްކުރީ ދެ ފަތުރުވެރިންގެ މެދުގައި ހިނގި މާރާމީ އަކާ ގުޅިގެންނެވެ. ދެފަތުރުވެރިންވެސް ތިބީ މަސްތުގެ ހާލުގައި ކަމަށާއި މައްސަލަ ދިމާވީ އަންހެން ފަތުރުވެރިޔާ ހަށިގަނޑު ނިވާ ނުކުރުމުން ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ފަތުރުވެރިޔާ ފުލުހުންގެ މަރުކަޒަށް ގެންދިޔައީ ހައްޔަރު ކުރަން ނޫންކަމަށާއި އެއްވެ ތިބި މީހުންގެ ފަރާތުން ގެއްލުމެއް ކުރިމަތިވެދާނެތީކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މީހުން ދިރިއުޅޭ ގެސްޓްހައުސްތަކުގައި އިސްލާމިކް ޓޫރިޒަމް ތައާރަފުކުރުމަށް ގޮވާލާ ވާހަކަ ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ މާފުށީގައި ފަތުރުވެރިޔާގެ މައްސަލަ ދިމާވީ މަސްތުގެ ހާލުގައި ހުރުމުން ކަމަށްވާއިރު، ގެސްޓް ހައުސްތަކުގައި ރާ ވިއްކާ ގޮތަށް ހަދައިފިނަމަ އެފަދަ މައްސަލަ ތައް މާގިނައިން ދިމާވާނެކަމަށެވެ. ބައެއް މީޑިއާތަކުން ބައެއް މެންބަރުން އެމޭރުމުން ވާހަކަދަފައިވާކަމަށް ދޭހަވާ ގޮތަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް މެންބަރު ޝިޔާމް ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.