ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ ކަމެއް ހިނގާފައި ނުވޭ: އެމެރިކާގެެ އެޓާނީ ޖެނެރަލް

އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާރ ވ

ފާއިތުވި ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރުުކުރާ ވަރުގެ ކަމެއް އެ އިންތިޚާބުގެ ތެރޭގައި ހިނގާފައި ނުވާކަމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާރ ވިދާޅުވެއްޖެއެވެ.

"އިންތިޚާބުގެ ތަފާތު ނަތީޖާއެއް އަަންނަ ވަރަށް އިންތިޚާބަށް އަސަަރުކުރާ ދަރަޖައަށް މަކަރު ހަދާފައިވާ ކަމުގެ ހެއްކެއް އަހަރުމެންނަށް ފެނިފައި ނުވޭ." ބޭރުގެ ޚަބަރުފަތުރާ ވަސީލަތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސު ޓްރަމްޕަށް ތާއީދުުކުުރައްވާ އެޓާނީ ޖެނެެރަލް ބާރ ވިދާޅުވިއެވެ.

ބާރގެ މި ވާހަަކަފުޅު އައިސްފައި ވަނީ ނަތީޖާ އަނބުރާލުމަށް މުހިއްމު ސްޓޭޓުތައް ކަމުގައިވާ ޖޯޖިޔާ، މިޝިގަން އަދި ޕެންސިލްވޭނިޔާގައި އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ރައީސު ޓްރަމްޕުގެ ކެންޕޭނުން ބުނާ ބުނުން އެ ޓީމުން ތަކުރާރުކުރަމުން ދަނިކޮށެވެ. އެ ޓީމުގެ އުއްމީދަކީ ޑިސެންބަރު 14 ވަނަ ދުވަހު އިލެކްޓޯރަލް ކޮލެޖް ވޯޓުުލުމުގެ ކުރިން އެ ކޮލެޖްގެ އަޣުލަބިއްޔަތު ރައީސު ޓްރަމްޕްގެ ކޮޅަށް އަނބުރައިލުމެވެ.

"އެޓާނީ ޖެނެރަލްއަށް ފުރިހަމަ އިހުތިރާމު ކުރުމާއެކު ދަންނަވަން. ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެެއްވެސް ތަހުގީގެއް ހިންގިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް." ބާރގެ ވާހަަކަފުޅާ  ގުޅިގެން ރައީސު ޓްރަމްޕްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ރޫޑީ ޖޫލިޔާނީއާއި ޖެނާ އެލިސް ނެރުއްވި ބަޔާނެއްގައި ވެއެވެ.

"ޝަރުއީ ނިޒާމުގެ ތެރެއިންނާއި، ސްޓޭޓްތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ ތެރޭން އަހަރުމެން ތެދާ ހަަމައަށް ވާސިލުވުމުގެ މަސައްކަތްކުރަމުން ދާނަން." ދެެ ބޭފުޅުންގެ ބަޔާނުގައި ވެއެވެ.

'ރާވައިގެން މަކަރު ހެދިކަމަށް ބެލެވޭނެ އެންެމެ ގޮތެއް އޮތީ. އެއީ އިންތިޚާބުގައިލާ ވޯޓު އޮޅުވާލާގޮތަށް މެޝިންތައް ޕްރޮގްރާމްކުރުން. ޑިޕާާޓްމަންޓް އޮފް ހޯމްލޭންޑް ސެކުއިރިޓީއާއި ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އެކަން ބަލައިފި. އެކަން ހިނގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވޭ." ރައީސު ޓްރަމްޕަށް ވަފާތެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިލިއަމް ބާރ ވިދާޅުވިއެވެ.

ރައީސު ޑޮނާލްޑް ޓްރަމްޕް އަދިވެސް ގެންދަވަނީ ބަލި ގަބޫލުކުރެއްވުމަށް ދެކޮޅުހައްދަަވަމުންނެވެ. މިހާރު ލިބެމުންދާ ބައެެއް ޚަބަރުތައް ބުނާ ގޮތުގައި ރައީސު ޓްރަމްޕް ވިސްނަވަމުން ގެންދަވަނީ އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އޮންނަ ޖޯ ބައިޑަން ރައީސުކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގެން، ހަމަ އެވަގުތު އޭނާ 2024 ގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްްވާނެކަން އިއުލާނުކުރެއްވުމަށް ހަފްލާއެެއް ބޭއްވުމަށެވެ. އަދި އޭނާ ގެންދަވަނި މިކަމާމެދު އޭނާގެ އަރިސް ބޭފުޅުންނާ މަޝްވަރާކުރައްވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.