ކްލައިމެޓް ޗޭންްޖް ކޮމެޓީން މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަަނީ

މޫސުމަށް އަންނަ ބަދަކުތަކާ މެދު މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންްޖް ކޮމެޓީން މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާފަށްޓަވަމުން ރިޔާސަތުން އަންގަވާ އެންގުންތަކުގެ ތެރޭގައި މިކަން މަޖިލީހުގެ ރައީސް ވަނީ އިއުލާނު ކުރައްވައިފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މޫސުމަށް އަނަން ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ސަމާލު ކަމަށް ގެންނަންޖެހޭ ކަންކަމާމެދު މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމެޓީން ރައީސް ޞާލިޙާ މަޝްވަރާ ކުރައްވާނެކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބައިނަލް އަޤްވާމީ މުއާހަދާއެއް ކަމުގައިވާ  ޗާޓަރ އޮފް ކޯލިޝަން ފޯރ ރިޒިލިއެންޓް ޑިޒާސްޓަރ އިންފްރާސްޓްރަކްޗަރ ގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން ފޮނުއްވި މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވުމަށް ފަހު އެކަމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމެޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ. 

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ  ބައިނަލް އަޤްވާމީ މި މުއާހަދާ އޮތީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން މުއާހަދާގައި ބައިވެރިވުމާއެކު އެ މުއާހަދާއަށް ބަދަލު ގެނައުމަށް ރާއްޖެއިން މަސައްކަތް ކުރަންެ ޖެހޭ ކަމަށެވެ. 

"މިމުއާހަދާ މިއޮތީ ގޯސްކޮށް. އަޅުގަނޑުމެން ބައިނަލް އަޤްވާމީ މަސްރަހުގައި މިކަމަށް ލީޑަރޝިޕެއް ނުވަތަ މިކަން އޮންނަންވީ ގޮތް ދުނިޔެއަށްކިޔައިދޭން އެބަޖެހޭ. ކޮބައިތޯ ކްލައިމެޓް ރިޒިލިއެންޓް، ނުވަތަ މޫސުމަށް ބަދަލު އައިސްގެން ޢުމްރާނީ ވަސީލަތަށް ގެއްލުން ނުވާގޮތަށް ކަންކަން ކުރެވޭނީ ކިހިނަކުންތޯ؟ އަޅުގަނޑުމެން މިހަދާ ބާވަތުގެ ބަނދަރުތައް ހެދީމާ ވާނީ ކިހިނެއްތޯ؟ ބިން ހިއްކައިގެން ކުރެވޭނެ އެހެން މަަސައްކަތްތައް ވެސް ކުރީމާ ވާނީ ކިހިނެއްތޯ؟ އަދި މިހާރު އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަަކަށް ވަމުންދަނީ ކޮން ގޮތްތަކެއްތޯ؟  މިކަންކަމަކީ އަޅުގަނޑު ހިތުން ދުނިޔެއަށް ދިވެހިރާއްޖޭގެ ފަރާތުން، މިސާލު ދެއްކެން ހުރި ކަނަތައްތައް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.