އެމެރިކާ ސަރުކާރުން ދަނީ ދީނީ އެޕްތައް ބޭނުންކޮށްގެން މުސްލިމުންގެ މައްޗަށް ޖާސޫސުކުރަމުން: އެމިރިކާގެ މުސްލިމުން

ދުނިޔޭ ކަންކޮޅުތަކުގައި މުސްލިމުން މޯބައިލް ފޯނުތަކުގައި ބޭނުންކުރާ ދީނީ އެޕްތަކުގައި ހުންނަ ޒާތީ މަޢުލޫމާތު ބޭނުންކޮށްގެން އެމެރިކާ ސަރުކާރުން އެމީހުންގެ މައުލޫމާތު ސިއްރުން އެެއްކޮށް ޖާސޫސުކުރަމުންދާ ކަމުގައި އެެމެރިކާގެ އެންމެ ބޮޑު އިސްލާމީ ޖަމާއަތުން ބުނެފިއެެވެ.

ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން އިއްޔެ ނެރުުނު ބަޔާނެއްގައި ވަނީ އެމެރިކާ ގާނޫނުހަދާ މަޖިިލިސް، ކޮންގްރެސްއިން މިކަން ތަހުގީގުކުރުމަށް ގޮވާލާފައެވެ.

"މި ގައުމުގައި އަދި ބޭރުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް އެމީހުންގެ ޒާތީ މައުލޫމާތު ސަރުކާރުން ބޭނުންކުރަމުންދާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އަހަރުމެން ކޮންގްރެސްއަށް ގޮވާލަން. އަދި އެމެެރިކާގެ މުސްލިމުންނަށް އަަމާޒުކޮށް ގާނޫނާ ޚިލާފަށް ސަރުކާރުން ޖާސޫސުކޮށްފައިވޭތޯވެސް ބަލަންޖެހޭ." ކެއަރގެ ބަޔާނުގައި އެ ޖަމާއަތުގެ ނޭޝަނަލް އެގްޒެކަޓިވް ޑިރެކްޓަރ ނިހާދް ޢަވާދް ވިދާޅުވެފައި ވެއެެވެ.

"(އެޕް ހަދާ) ކުންފުނިތަކުން މިކަން ރަނގަޅަށް ސާފުކޮށްދީ، ސަރުކާރުގެ އިދާރާތަކުން މައުލާމާތު ނެގުން މުޅިިން ނުހުއްޓުވަނީސް އެ އެޕްތައް ބޭނުން ނުުކުރުމަށް އެމެރިކާގެ މުސްލިމުންނަށް އަހަރުމެން ގޮވާލަން." ޢަވާދް ވިދާޅުވެފައި ވެއެވެ.

ކެއަރގެ ޑެޕިއުޓީ ޑިރެކްޓަރ އެެޑްވަޑް އަޙްމަދި މިޝޭލް ވިދާޅުވި ގޮތުގައި އެމެރިކާގެ މުސްލިމުން ދަނީ އެތައެް އަހަރަކުއްސުރެ ސަރުކާރުގެ ޖާސޫސުކުރުމާ، ނަސްލީ ތަފާތުކުރުމާ ކުރިމަތިލަމުންނެެވެ، އަދި އެމެރިިކާ ސަަރުކާރުން ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ޑްރޯންފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެމީހުން ބޭނުންވާ މުސްލިމުން މަރާފައެވެ.

ކެއަރގެ މިބަޔާން ނެރެފައި މިވަނީ އެމެރިކާގެ އަސްކަރިއްޔާގެ އޮޕަރޭޝަންސް ކޮމާންޑުން މުސްލިމުން ގެންގުޅޭ އެޕްތަކުގެ ލޮކޭޝަން ޑާޓާ ބޭނުންކޮށްގެން އެމީހުންގެ މައުލޫމާތު ސިއްރުން ނަގަމުންދާ ކަމުގެ މައުލޫމާތު ހާމަވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ނަމާދު ވަގުތާއި ގިބުލަ އަންގައިދޭ 'މުސްލިމް ޕްރޯ' ކިޔާ އެޕެއް ވަކިން ފާހަގަކުރެވޭ ކަމަށް ވެއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މިނެސޯޓާ ތަމްސީލުކުރައްވާ މުސްލިމް މެންބަރު އިލްހާން ޢުމަރުވެސް ވަނީ މިކަން ކުށްވެރިކުރައްވައި އިއްޔެ ޓުވީޓުކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ އަސްރިއްޔާއިން ދަނީ އެޕްތައް އުފައްދާ ޓެކްނޮލޮޖީ ކުންފުނިތަކާ ގުޅިގެން މުސްލުމުންގެ ޒާތީ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރަމުންނެވެ. މިއީ ހުއްޓުވަން ޖެހޭ ޣައިރު ގާނޫނީ އަމަލެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.