ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު ޑިސެމްބަރ 5 އާ ހަމައަށް

ދިވެހިރާއްޖޭގައި 12 މާޗް 2020 އިން ފެށިގެން އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ދަމަހައްޓައިފިއެވެ.

މިނިސްޓަރ އޮފް އެހްލު އަޛޙްމަދު ނަސީމް ސޮއި ކުރައްވައި މިއަދު ނެރެފައިވާ ގަރާރުގައިޑިކެޓްރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވައިފައިވަނީ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތުގައި އަޅަން ޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންދާށެވެ. މި ހާލަތު ދަމަހައްޓާފައި ވަނީ ކުރިއަށް އޮތްތާގައިވެސް އާއްމު ސިއްހަތުގެ ސަލާމަތަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިނިސްޓަރ އޮފް ހެލްތަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.