ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފި

 ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓެޖިކް ޕްލޭ އިފްތިތާޙްކޮށްފިއެވެ. މި ޕްލޭން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ.

ފަސް އަހަރު ދުވަހަށް އެކުލަވާލެއްވި ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، އެދާއިރާ ތަރައްޤީކޮށް ކުރިއަރުވައި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް އެންވަރަމަންޓް މިނިސްޓްރީން ހާމަކުރެެއްވިއެވެ. ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން  އެކުލަވާލައިފައިވަނީ 2021 ން 2015 އަށެވެ. 

 ނަމަވެސް ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި  ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ ޙުޞައިން ރަޝީީދު ޙަޞަން ވިދާޅުވީ  ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ތިން އަހަރުގެތެރޭގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.  އެއަމާޒަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި  44 ރަށެއްގައި ފެނުގެ ރައްކާތެރި ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރިއަށްދާއިރު ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް 53 ރަށުގައި ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ. މިހާތަނަށް 69 ރަށުގައި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު  42 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކޮށްފައިވާކަން ވެސް ފާހަގަ ކުރެއްވިއެެވެ. 

މިނިސްޓަރ ވިދާޅުވީ ސުނާމީއަށް ފަހު ރާއްޖޭގެ ރަށްރަށުގެ  ގުދުރަތީ ފެނުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށެވެ. 

މި އެކްޝަން ޕްލޭނަކީ "ފެނާއި ނަރުދަމާގެ ޤާނޫނު" ގެ ދަށުން އެކުލަވާލަން ޖެހޭ ]ޕްލޭނެކެވެ. އެ ޤާނޫނުގައި ބުނަނީ  ޤާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ޤާއިމްކުރަން ޖެހޭނެކަމަށެވެ. އެކަން ޙާޞިލް ކުރުމަށް ، ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް  އެކްޝަންޕްލޭނެއް ތައްޔާރުކުރަން ޖެހޭނެކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.