ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ އަމިއްލައަށް ގެއަށް ހިނގައްޖެ

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ އަމިއްލައަށް ގެއަށް ހިނގައްޖެއެވެ. 

ފުލުހުންގެ މީޑިއާއިން ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ އަމިއްލައަށް އޭނާ ދިރިއުޅޭ ގެއަށް ގޮސްފައިވާކަމަށް ޢައިލާ އިން މަޢޫލޫމާތު ދީފައިވާކަމަށެވެ. އޭނާ އަމިއްލަ އަށް އެނބުރި ގެއަށް ދިޔައީ މިއަދު 8:45 ހާއިރުކަމަށް ވެސް އާއިލާއާ ޙަވާލާދާދީ ފުލުހުން ވިދާޅުވިއެވެ. 

ގެއްލިގެން ހޯދަމުންދިޔައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ. މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ރޭގެ ނިޔަލަށް އޭނާގެ ޚަބަރެއް ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.