އައްޑޫގައި ހުންނަ އެޗްއާރުސީއެމްގެ އޮފީސް ފަޅާލައި ބައެއް ލިޔެކިޔުންތައް ވަގަށް ނަގައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އޮފީސް ފަޅާލައި ބައެއް ލިޔެކިޔުންތައް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާއިން މިއަދު ވިދާޅުވީ އެމައްސަލައިގައި މިހާތަނަށް ބެލިބެލުމުން ބައެއް ލިޔެކިޔުންތަކުގެ އިތުރުން ދެ ލެޕްޓޮޕާއި ޑީވީއާރެއް ވަގަށް ނަގައިފައިވާކަން އެނގިފައިވާކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްވައި ވަނީ މިއަދު ހެދުނުގެ ވަގުތެއްގައިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.