ހޯމް މިނިސްޓަރ ދެއްކެވި ވާހަކަ އޮޅުވާލީ ނޫސްވެރިން ކަމަށް ވިދާޅުވެއްޖެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަފާރީ ރޭޕް ކޭހާ ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަ އޮޅުވާލީ ނޫސްވެރިންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ދިވެހި ރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ސަފާރީ ރޭޕްކޭހާ ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެތައް ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނުކުފާނު ދެއްކެވި ވާހަކަ ފުޅުތައް މީޑިއާތަކުން ރިޕޯރޓްކޮށްފައިވަނީ ޙަޤީޤަތް އޮޅޭގޮތަށް ކަމަށެވެ. އަދި ސާފާރީކޭހަކީ ކުޑަކަމެއް ކަމަށް އެމަނުފާނު ވިދާޅުވެފައި ނުވާނެކަމަށް ވެސް ހޯމް މިނިސްޓަރގެ ޓްވީޓްގައި ވިދާޅުވިއެވެ. 

"އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަކަމެއް ނޫން. އެއީ ބޮޑުކަމެއް. އެއީ ކުޑަކަމެއްކަމަށް އަޅުގަނޑު ބުނެފަ ވެސް ނުވާނެ. އަޅުގަނޑާ ގުޅޭ ގޮތުން މީޑިއާގަ ފަތުރާފައިވާ. ބައެއް ވާހަކަތަކުން އަޅުގަނޑު ބުނި އެއްޗެއްގެ ހަޤީޤަތް އޮޅޭ" ހޯމް މިނިސްޓަރ ޢިމްރާންގެ ޓްވީޓްގައި ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރ ޢިމްރާންގެ ޓްވިޓްގައި ވިދާޅުވީ، ހުރިހާ ދިވެހި ނޫސްވެރިން ވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހެއްޓެވުމަށް އެދިވަޑައިގަންނަވާކަމަށެވެ. 

ހޯމް މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކައިން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވިނަމަ އެއީ އެމަނިކުފާނުގެ  މަޤުޞަދު ނޫން ކަމަށެވެ. އަދި އޮޅުން އަރާފަދަ ބަހެއް ވިދާޅުވެވިފައި އޮތްނަމަ މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ދިވެހި ރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ރޭޕްކޭހާ ގުޅިގެން އާންމުންގެ ސުވާލަކަށް ދެއްވި ޖަވާބުގައި ހޯމް މިނިސްޓަރ ޢިމްރާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ. "އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައި ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރެފަވެސް މީހަކަށް ކޮށްލެވޭ ކަހަލަ ކަމެއް ކުރި ވާހަކައޭ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މިއޮތީ" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.