އަދީބު ގޭގައި ބަހައްޓައިފައި ވަނީ މެޝިނެއްގެ އެހީގައި ނިދަންޖެހޭތީ: ހޯމް މިނިސްޓަރ

ކުރީގެ ނާއިބް ރައީސް  އަޙަމަދު އަދީބަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައިވާއިރު ގޭގައި ބަހަށްޓަވައިފައި ވަނީ މެޝިނެއްގެ އެހީގައި އަވަހަރާފުޅު ލައްޕަވަންޖެހޭތީކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތެއްގެ ސުވާލަކަށް ޖަވާބު  ދެއްވަމުންނެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ އަދީބަށް ދިމާވެފައި ވަނީ ފުއްޕާމެއާ ގުޅުން ހުރި ނޭވާލުމުގެ ނިޒާމުގެ މައްސަލައެއް ކަމަށެވެ. މިމައްސަލަ ދިމާވެފައިވަނީ ކުރީ ފަހަރެއްގައި ޖަލުގެ ތެރެއަށް ވެއްޓި،  ނިތްކުރި މަތި ދުޅަވެ ހިނގާދިޔަ ކަންކަތައްތަކެއްގެ ސަބަބުން ކަމަށެވެ. އޭގެ ފަހުން މެޝިނެއްގެ އެހީގައި އަވަހާރަފުޅު ލެއްޕެވުމަށް އަދީބަށް ޑޮކްޓަރ އަންގަވައިފައިވާކަމަށެވެ. އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށާއި އެހެންކަމުން އެމެޝިން ޤާއިމްކުރެވިފައި ހުރީ ގޭގައި ކަމަށް ވިދާޅުވިއެވެ. ކުރީގެ ނާއިބް ރައީސް އަދީބު ގޭގައި ބަހައްޓަވައިފައި ވަނީ އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ބަލީި ހާލަތަށް ރިޢާޔަތްލޮށް އަދީބު ގެއަށް ބަދަލުކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. 

ޖަލުގައި ހުންނަން ޖެހޭ މީހަކު ޖަލު ނޫން އެހެން ތަނެއްގައި ހުރުމަށް ކަނޑައެޅޭނެ ވަކި އުޞޫލެއް އޮންނަކަން މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކަން ޖެހޭނީ ޖަލުގެ ތެރެއިން ކަމަށާއި ބޭރުން ޑޮކްޓަރަށް ދައްކާނީ އެ ޑޮކްޓަރު އެކަމަށް ލަފާ ދެއްވުމުން ކަމަށެވެ. ޖަލު ނޫން ތަނެއްގައި ހުންނަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވައިފިނަމަ ބައްލަވަންޖެހޭ ކަންކަމަށް ބެއްލެވުމަށްފަހު، ޖަލުގެ ޑައިރެކްޓަރ ކަނޑައެޅިގެން އެމީހަކު ޖަލު ނޫން ތަނެއްގައި ހުންނަޖެހޭކަމަށް ޤަބޫލުކިރެއްވޭނަމަ އެނިންމުން ނިންމަވާނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 

1 ޚިޔާލު

  1. ދޮގު ހެދުން ހުއްޓާލަ ބަލަ ސަރުކާރާ ޑީލްހަދައިގެން ގޭގަ ބަހައްޓާފަ ހުރީ ސަރުކާރުގެ ވަކީލުން ޝަރީޢަތުގައިވެސް ބުނެފަ ވަނީ ސަރުކާރާއެކު ޑީލް ހެދި ވަހަކަަ، ފައިސާ ލިބުނު ރީދޫކުދިންގެ ނަން ހާމަ ނުކުރުމަށް ހުރިހާ ކަމެއް ޔާމީނުގެ ބޮލަށް ޖެހުމަށް ، އެހެންވީމަ ބަހައްޓާނީ ބަލަ ގޭގަޔެއްނު ، މެޝިންގެ އެހިގަ ނިދަން ޖެހެންޏާ މެޝިނާ އެކީ ޖަލަށް ގެންދަންވިނު ، ދެން މާމޮޅު ކަމެއްނު ޖަލު ހުކުމެއްގަޔޯ ، 5ސްޓާރ ފެންވަރުގެ ގޭގަ ބަހައްޓާފަ . ހެއްދެވި ފަރާތް ހަދާންކޮށްބަލަ ދެއިރު ދެދަޅަޔަށް ދޮގު ނަހަދާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.