ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރު ޤާނޫނާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރު ޤާނޫނާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޤާނޫނާ ޚިލާފުކަމަށް ހައިކޯޓުން ނިންމި ނިންމުށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ކުރައްވައިފައެވެ. މިގޮތަށް ނިންމެވީ  މިމައްސަލައިގައި ޙުކުމް އިއްވުމަށް ސުޕްރީމް ކޯޓްގައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް ރައީސް ޢަބްދުﷲ ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކުރުމުގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކުރެއްވި ހުކުމުގައި ވަނީ ޢަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރަށް އެދިފައިވަނީ، އޭސީސީގެ އެސްކްރޯ އެކައުންޓަށް 10 ޖޫން 2018 ގައި، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޢަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކުން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުޢާމަލާތެއްކަމަށެވެ. އެ މުޢާމަލާތާއި އިސްލާމީކް ބޭންކްގައިވާ އަށް އެކައުންޓާ ގުޅެނީ ކިހިނެއްކަމެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.އަދި އެއަށް އެކައުންޓްގައިވާ ފައިސާއާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާ ގުޅުމެއް އޮތްކަން ބަޔާންކޮށްދެވިފައި ވެސް ނުވާކަމަށެވެ. އެހެންކަމުން ލޯމްޑިވްސް އިސްލާމިކް ބޭންކްގައިވާ ޢަބްދުﷲ ޔާމީންގެ އަށް އެކައުންޓް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓް އަމުރު ނެރަފައިވަނީ ޤާނޫނާ އެއް ގޮތަށް ނޫންކަމަށް ހައިކޯޓުން ކަނޑައަޅައިފައިވާ ކަނޑައެޅުމަށް، އެމައްސަލަ ބެއްލެވި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢިއްތިފާޤުން ތާއީދު ކުރެއްވިކަމަށެވެ. 

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް ނެރުނު އަމުރުގެ މައްސަލަ ބެއްލެވި ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޙުސްނު ސުޢޫދާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. 

މިމައްސަލައިގައި އިއްވި ޙުކުމްގައި ބުނެފައިބަނީ ހައިކޯޓްގެ ޙުކުމަށް ވާޞީލްވުމުގައި ޖިނާޢީ ޢިޖްރާތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާއި 73 ވަނަ މާއްދާމާނަކޮށް، އެމާއްދާތައް އެޤަޒިއްޔާގައި ތަދުބީގުކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް، ކަނޑައަޅާކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.