މައުލޫމާތު ހޯދައި، ލިބުމުގެ ހައްގަކީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއްގެ ބިންގާ: ބަންޑާރަނާއިބް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައުލޫމާތު ހޯދައި، ލިބުމުހެ ހައްގަކީ، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއްގެ ބިންގާ ކަމަށް ދައުލަތުގެ ބަންޑާރަނާއިބް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހާ ގުޅިގެން، ޓުވީޓުކުރެއްވި ތަހްނިޔާގެ މެސެޖެއްގައި ދައުލަތުގެ ބަންޑާރަ ނާއިބް ވިދާޅުވީ މަޢުލޫމާތު ހޯދައި، ލިބުމުގެ ޙައްޤުގެ މިނިވަންކަން ބޭނުންކުރަންވީ ފަރުދުންގެ ހައްގުގަޔާއި ޤައުމީ މަސްލަހަތުގައި އެންމެންގެ ހެވާއި ލާބަޔަށް ކަމަށެވެ.

"އިންފޮމޭޝަން ޓެކްނިލޮޖީގެ މިޒަމާނުގައި، މަޢުލޫމާތަކީ، އެންމެ އަގުބޮޑު ރައުސްމާލް، އެންމެ ބާރުގަދަ ހަތިޔާރު" ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތު ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައިވެސް ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫންކަމަށެވެ. އެމައުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއްކަމަށެވެ. އަދި އެ ހައްގަށްށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކަމަށް ހަނދާންކޮށްދެއްވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.