ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތް އެންމެ ތިން އިންސައްތައިގައި

Women in Soneva by Ahmed Ayas (Photo credit: corporatemaldives.com)

ފަތުރުވެރިކަމުގެދާއިރާގައި، ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތް އުޅެނީ އެންމެ  ތިން އިންސައްތައިގައެވެ.

ފަތުވެރިކަމުގެ ދުވަހާ ގުޅުވައިގެން، ތަފާސް ހިސާބުތަކާ ބެހޭ ޤައުމީ އިދާރާ، ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ، ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓު ތަކުގައި މަސައްކަތްކުރާ ބިދޭސީ އަންހެނުންގެ ޢަދަދުވެސް ދިވެހި އަންހެނުންނަށް ވުރެ އިތުރެވެ. ބިދޭސީ އަންހެނުން ނިސްބަތް އުޅެނީ ހަތެއް އިންސައްތައިގައެވެ. ބިދޭސީ އަދި ދިވެހި އަންހެނުން އެއްކޮށްލިއަސް ރިސޯރޓްތަކުގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އުޅެނީ 10 އިންސައްތައިގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ އަދި ދިވެހި ފިރިހެނުންގެ ނިސްބަތް އުޅެނީ އެއްވަރެއްގައެވެ. އެއީ 45 އިންސައްތައިގައެވެ. ނަމަވެސް ބިދޭސީ އަންހެނުންގެ ނިސްބަތާއެކު ރިސޯރޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ނިސްބަތް ދިވެހިންނަށްވުރެ ހަތަރު އިންސައްތަ އިތުރެވެ. ބިދޭސީންގެ ނިސްބަތް 52 އިންސައްތައިގައި އުޅޭ އިރު ދިވެހިންގެ ނިސްބަތް އުޅެނީ 48 އިންސައްތައިގައެވެ. 

މި ޢަދަދު ތަކަކީ މިދިޔަ އަހަރު ކޮށްފައިވާ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތެވެ. މިސާވޭއިން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގެ މަސައްކަތްކުރާ މުވައްޒަހުންގެ ޖުމުލަ ޢަދަދަކީ 44،954 އެވެ. މިދިޔައަހަރުގެ ނިޔަލަށް ރާއްޖޭގައި ޚިދުމަތްދެމުންދިޔަ ރިސޯޓުތަކުގެ ޢަދަދަކީ 164 އެވެ. ގެސްޓް ހައުސްތަކުގެ ޢަދަދަކީ 605 އެވެ. ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެއް ސާވޭގައި ހިމަނާފައެއް ނުވެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީނާއި ދިވެހިންނަށް ލިބޭ މުސާރައިގެ ތަފާތުވެސް ފެންނާކަށް ނެތެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.