ސުވާލުކުރާތި - ނަޒާހާތްތެރި ދައުލަތެއް އުފެދޭނީ އޭރުން: އިންފޮމޭޝަން ކޮމިޝަނަރ

ނަޒާހާތްތެރި ދައުލަތެއް އުފެދުމަށް ސުވާލުކުރުމުގެ މުހިންމުކަން، އިންފޮމޭޝަން ކޮމިޝަނަރ ހުޞައިން ފިޔާޒު މުސާ ހަނދާންކޮށްދެއްވައިފިއެވެ. 

އިންފޮމޭޝަން ކޮމިޝަނަރ ފިޔާޒު އާންމުކޮށް ވިދާޅުވަމުން ގެންދަވާ މިވާހަކަ، ތަކުރާރުކޮށް ހަނދާންކޮށް ދެއްވައިފައި މިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލް އަޤްވާމީ ދުވަހުގެ ތަހްނީޔާ މެސެޖްގައެވެ. އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވަނީ ނަޒާހަތްތެރި ދައުލަތެއް އުފެދޭނީ ސުވާލުކުރާ ރައްޔިތުން އުފެދިގެން ކަމަށެވެ. 

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލް އަޤްވާމީ ދުވަހާ ގުޅުވައިގެން ވާރޗްއަލް ޖަލްސާއެއް މިއަދު 10:00 ގައި އިންފޮމޭޝަން ކޮމިޝަރނަ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ މެސެޖެއްވެސް އިއްވާނެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރ ދުވަހާ ބެހޭގޮތުން ވާހަކަ ދައްކަވާނެއެވެ. މި ބައްދަލުވުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ބައިވެރިވާނެއެވެ. އަދި ކަމާ ގުޅުން ހުރި ބައެއް އެހެން ފަރާތްތަކުންވެސް ބައިވެރިވާނެއެވެ. އެފްބީ އަދި ޓްވިޓަރ އިން މި ޖަލްސާ ލައިވް ކުރުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.