ބެލެނިވެރީންނާއި ދަރިވަރުން ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރުމަށް އިލްތިމާސްކޮށްފި

މަތީ ސާނަވި އިމްތިހާނަށް ދެ ހަފްތާއެއްހައި ދުވަހަށް ވެފައިވާއިރު ބެލެނިވެރިންނާއި ދަރިވަރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އިމްތިހާނުގެ ކުރިން ދަރިވަރުންނަށް ބަލި ޖެހިއްޖެނަމަ ސްޓްރެސްވުން ފަދަ ކަންކަން ދިމާވާނެ ކަމަށެވެ. 

އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން އިމްތިހާނުގެ ދުވަސްވަރު އަމަލުކުރާނެ ގޮތުގެ އުސޫލު އެކަށައަޅުއްވާފައިވާ ކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރުވެސް އާއްމުކޮށް އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ގައިދރުކަން ކަށަވަރުކުރުމާއި، އަތް ދޮވުމާއި ފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް ކުދީން ބައްޔަށް ހުށަހެޅިދާނެ ަފދަ ކަންކަމަށް ފަރުވާތެރިވުމަށް އިލްތިމާސްކުރެއްވިއެވެ. އެގޮތުން ބަލީގެ އަލާމާތް ހުންނަ މީހުން ދަރިވަރުން ތިބޭ ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި ގޭގައި ހުރި މީހެއްގެ ކިބައިން އަލަމާތް ފެނިއްޖެނަމަ އެކަހެރިވުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ އުއްމީދަކީ ކުދިންނަށް ބަލި ނުޖެހި އިތުރު ކަމަކާ މެދު ވިސްނަން ނުޖެހި އިމްތިހާނު ދެވޭނެ ގޮތަކަށް ކަންކަން ރޭއްވެވުމެވެ. އަދި އާއްމު ސާފުތާހިރުކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިއްމުކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މިހާރު ބަލިޖެހޭ މީހުންގެ އަދަދު މަދުވެފައިހުރީ ވަރަށް މަސައްކަތުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ދޫކޮށްލާއިރަށް ބޭރު ގައުމުތަކުގައި ވެސް އަދަދު އިތުރުވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަޒްލާ ވިދާޅުވީ އިްމތިހާނުގެ އުސޫލުތަކުގެ މިންގަނޑު އެކުލަވާފައިވާ ކަމަށާއި ބަލިޖެހޭ ދަރިވަރުންނާއި ކަރަންޓީނުކުރަންޖެހޭ ދަރިވަރުންނަށް ވަކި މަރުކަޒުތަކެއް ގާއިމުކޮށްފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ. އަދި އިމްތިހާނު އެފަދަ ހޯލުތަކުގައި ތިބޭ އިންވިޖިލޭޓަރުންނާއި އޮފިޝަލުން ތިބޭނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަންވެސް ފާހަގަކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.