އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށައިފި 

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ. މިޚިދުމަތް ފެށުމަށް މިއަދު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންލައިންކޮށް ރަސްމިއްޔާތެއްބާއްވާފައެވެ. 

މިއަދު ބޭއްވި ރައްމިއްޔާތުގައި ކާގޯ ފެރީގެ ޚިދުމަތް ފަށްޓަވައިދެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި އިންޑީއާގެ ޔުނިއަންމިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިންގ މަންސުޚް މަންޑާވިއާއެވެ. މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާއި ކަމާގުޅުން ހުރި ދާއިރާތަކުގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފުރަތަމަ ކާގޯ ފެރީ ރާއްޖެ އައުމަށް ދަތުރުފަށާފައިވަނީ އިންޑިއާގެ ސޫތުކުޅިންނެވެ. އެފެރީ ރާއްޖެއަންނަނީ ސޫތުކުޅީގެ އިތުރުން ކޮޗިންވެސް މުދާ ހިފައިގެންނެވެ. މި ކާގޯފެރީ ފުރަތަމަ ދާނީ ކުޅުދުއްފުށްޓަށެވެ. އޭގެ ފަހުން މާލެއަށްވެސް އައުމަށް ވަނީ ހަމެޖެހިފައެވެ. 

ކާގޯފެރީގެ ފުރަތަމަ ބޯޓަކީ "އެމްސީޕީ ލިންޒް47" ނަމަކަށް ކިޔާ، ތިންހާސް މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މޮބޯޓް ބޮޑުވުމުން ކުޅުދުއްފުށީ ބަނދަރާ ކައިރި ނުކުރެވޭތީ މުދާ އުފުލުމަށް ބާޖެއް ނުވަތަ ޓަގެއް ބޭނުންކުރުމަށް ވަނީ ނިންމައިފައެވެ. މިފެރީ ޚިދުމަތުގައި ލޯކަލް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ ސްޓޭޓް ސިފިން ކޮމްޕެނީންނަކަމަށް ޓްރާސްސްޕޯރޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.