ހެޕީ މާކެޓުގެ ޕްރޮމޯޝަން ޝޮޕް ހުޅުވައިފި

ހެޕީ މާކެޓުން ޑިސްކައުންޓް އަގުގައި ވިއްކާ މުދާ ފަސޭހައިން ގެނެވޭނޭ ގޮތް ހެދުމުގެ ބޭބނުމުގައި އައު ފިހާރައެއް ހުޅުވައިފިއެވެ. އަލިކިލެގެފާނު މަގުގައި ހުންނަ މި ފިހާރައިގެ ނަމަކީ "ހެޕީ މާކެޓް ޕްރޮމޯޝަން ޝޮޕް" އެވެ.

ހެޕީ މާކެޓުން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ވިއްކާ ތަފާތު ކާބޯތަކެތީގެ ރަހަބަލައިލުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ފިހާރައިން ލިބިދޭނެއެވެ.

މި ފިހާރަ ހުޅުވާފައި ހުންނާނީ ހަމައެކަނި ދުވާލިުގެ ވަގުތުތަކުގައެވެ. އެއީ ހެނދުނު 9.00 އިން 12.00 އަށާއި މެންދުރުފަހު 2.00 އިން ހަވީރު 6.00 އަށެވެ.

ހެޕީ މާކެޓަކީ ރިސޯޓު ސަޕްލައިގެ އިތުރަށް ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އެތެރެކޮށް ވިއްކުމުގައި ރާއްޖޭގައި އެންމެ ކުރިއަރައިފައިވާ ކުންފުންޏެވެ. ގިނަ ތަޖުރިބާތަކަކާއެކު ކޮންމެ އަހަރަކުވެސް ތަފާތު އެތައް އާ މުދަލަކާއި އާ ކަންތައްތަކެއް ހެޕީ މާކެޓުން ދަނީ ދިވެހި ބާޒާރަށް ތައާރަފު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.