ޔޫރަޕްގެ ދެކޮޅުހެދުމާއެކުވެސް އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އދ.ން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް "އަލުން ތަންފީޒުުުރަން" ފަށައިފި ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. އެހެން ގައުމުތަކުން މި ފިޔަވަޅުތައް ތަންފީޒުނުކޮށްފިނަަމަ، އެކަމުން ނަތީޖާ ވަރަށް ގޯސްްވާނެކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

ޕޮމްޕެއޯ އިންޒާރުދެއްވި ނަމަވެސް ޔޫރަޕުގެ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަަވަޅުތައް އެޅުމުގައި އެމެރިިކާއާ ބައިވެރިވުމަށް ދެކޮޅުހަދާފައެވެ.

"އދ.ގެ މެންބަރު ގައުމުތަކުން އެގައުމުތަކުގެ ވާޖިބު އަދާކޮށް މި ދަތިކުރުމުގެ ފިޔަަވަޅުތައް ތަންފީޒުނުކޮށްފިނަމަ. އެމެރިކާގެ ދާޚިލީ ބާރުތައް ބޭނުންކޮށްގެން މިކަން ތަންފީޒުކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް. އަދި މިފަދަ ފިޔަވަޅެެއް އެޅުން އދ. ން މަނާކުރުމުގެ ފައިދާ އީރާނުން ނުނަގާނެކަން ޖާމިނުކުރުމަށްވެސް އެމެރިކާ އޮތީ ތައްޔާރަށް." ޕޮމްޕެއޯ ވިދާޅުވިއެވެ.

އެމެރިކާއިން އަލުން އަޅަން ފެށި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމާ ބެހޭ ރިޔާސީ އަމުރެއް ވައިޓް ހައުސްއިން މާދަމާ ނެރޭނެކަމަށް ވެއެވެ. އަދި މި ފިޔަވަޅުތަކާ ޚިލާފުވާ ބޭރު ގައުމުތަކުގެ ފަރުދުންނާއި ވިޔަފާރިތަކަށް އަދަބު ދޭނެ ގޮތުގެ ތަފްސީލުވެސް ސްޓޭޓް ޑިޕާޓްމަންޓާއި، ޓްރެޝަރީ ޑިޕާޓްމަންޓުން ނެރޭނެކަމަށް ވެއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާކަން ހާމަކުރުމުގެ ކުރިން ޔޫރަޕްގެ ބޮޑު ތިން ގައުމުކަމުގައިވާ އިނގިރޭސިވިލާތާއި، ފްރާންސާއި، ޖަރުމަނުން ވަނީ އެމެރިކާއިން އަޅަ ފިޔަވަޅާ އެ ގައުމުތަކުން ދެކޮޅުކަން ބަޔާންކޮށް ސަލާމަތީ މަޖިލީހަށް ސިޓީ ފޮނުވާފައެވެ. އެ ގައުމުތަކުން ހާމަކުރި ގޮތުގައި މި ފަދައިން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ތަންފީޒުކުރަން ފެށުމަކީ އެެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ކަމެކެވެ.

އެ ތިން ގައުމުން ވެސް ހާމަކުރި ގޮތުގައި އީރާނާއެކު ވެފައިވާ ނިއުކުލިޔާ އެއްބަސްވުމުގައި ހިފަހައްޓައި، އެ އެއްބަސްވުން ތަންފީޒުކުރުން މަތީ ތިން ގައުމުން ދެމި ތިބޭނެއެވެ.

އެމެރިިކާގެ މިފިޔަވަޅާ ގުުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ އެމެރިކާއިން އެކަނި އަޅާ ދަތިކުރުމުގެ ފިޔަަަަަވަޅުތަކުން އީރާނަށް ބޮޑު އަަސަރައް ނުކުރާނެ ކަމުގައެވެ. އަދި ޗައިނާއާއި ރަޝިޔާއިން އީރާނަށް ހަތިޔާރު ގަތުންވެސް އެމެރިކާއަށް ނުހުއްޓުވޭނެ ކަމުުގައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.