މެންބަރުންގެ މެދުގައި ކޮވިޑް- 19 ފެތުރޭތީ ލޯކްސަބާގެ މި ދައުރު ކުރުކޮށްލަން ޖެހިދާނެ

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކްސަބާގެ މެންބަރުންެެގެ މެދުގައި ކޮވިޑް- 19 ފެތުރޭތީ މި ހަފުތާގައި ފެށި އެ މަޖިލހުގެ ދައުރު ކުރުކޮަށްލަން ޖެހިދާނެކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. މި ގޮތަށް ނިންމަން ޖެހުނީ ލޯކްސަބާގެ 30 މެންބަރަކު ކޮވިޑް- 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ހަ މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއް ފުރަަަތަަަމަ ބޭއްވީ މި ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ހަމަޖެހިފައި އޮތީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހާ ހަަމައަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް، ގާނޫނުހަދާ މަޖިލީހުގެދެ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުުގައި ޖަލްސާތައް އޭގެ އެއް ހަފުތާ ކުރިން މެދުކަނޑާލުމަކީ އެކަށީގެންވާ ކަމެކެވެ.

"މި ދައުރުގެ ޖަލްސާތައް ފެށުމާއެކު (ކޮވިޑް- 19 އަށް މެންބަރުން) ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެފައި. އެހެންކަމުން ސަރުކާރުން ދަނީ ދައުރު ކުރުކޮށްލުމާ މެދު ވިސްނަމުން." ނޫސްތަކަށް މައުލޫމާތުދެއްވި އެއް އޮފިޝަލަކު ވިދާޅުވިއެވެ.

ލޯކްސަބާގެ ޖަލްސާތަަކަށް ވައްދާ ނޫސްވެރިވެސް މިއަދުން ފެށިގެން ކޮންމެ ދުވަހަކު ކޮވިޑް- 19 އަށް ޓެސްޓުކޮށްފައި ވެއްދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 93 ހާހަށްވުރެ ިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްެވެފައިވާއިރު، ފާއިތުވި އޮގަސްޓު މަހުގެ ކުރީކޮޅުއްސުރެ އިންޑިޔާ ވެފައި ވަނީ ކޮންމެ ދުވަހަކު ކޮވިޑް- 19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވާ ގައުމަށެވެ.

އިންޑިޔާގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5.3 މިލިއަނަށް އަރާފައެވެ. މިއީ އެމެރިކާއަށް ފަހު ދުނިޔޭގައި ދެވަނައަށް އެންެމެ މަތީ އަދަދެވެ. އެހެންނަމަވެސް އިންޑިޔާގައި ކޮވިޑް- 19 ޖެހިގެން މަރުވާ މީހުންގެ އަދަދު ނިސްބަތުން މަދެވެ. އެ ގައުމުގައި ކޮވިޑް- 19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 85600 މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.