އާގްރާގައި ބިނާކުރާ ދާރުުލްއާސާރު މުޣަލް ޚާންދާނަށް ނިސްބަތްނުކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިއުން

އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދި ހަރުކަށި ހިންދޫ ހާމުދުރު ޔޯގީ އަދިޔަނާތު

އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ސަރުކާރުން އާގްރާގައި ބިނާކުރަމުންދާ ދާރުލްއާސާރަށް، ކުރިން ހަމަޖެހިފައި އޮތް ގޮތަށް 'މުޣަލް މިއުޒިއަމް' ނުކިޔައި، ޗަތުރަޕަތީ ޝިވާޖީ މަހާރާޖް މިއުޒިއަމް ކިޔަން ނިންމުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

އެ ދާރުލްއާސާރުގެ ނަން ބަދަލުކުރަން ނިންމިކަން އިއުލާންކުރައްވަމުން އުއްތަރު ޕްރަދޭޝްެގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތު ވަނީ "އިންޑިޔާގެ ބަޠަލުންގެ ގޮތުގައި މުޣަލުން ވާނީ ކިހިނެއް"ހޭ ބުނެ ސުވާލުއުފައްދާފައެވެ.

އިންޑިޔާގެ ތާރީޚާއި، ސަގާފީ ތަރިކަ ދިރާސާކުރައްވާ ގިނަ ބޭފުޅުން ވަނީ މިއީ "އިންޑިޔާގެ ސަގާފީ ތަރިކައަށް ދިން ހަމަލާއެއްެެ" ގޮތުގައި ސިފަކުރައްވާފައެވެ.

"މިއީ އިންތިހާއަށް ހިތާމަހުރި ކަމެއް. އަހަރުމެންގެ ސީޔާސީ ވެރިން 'ބަނގުރޫޓުވެފައި' ތިއްބެވީތީ ހިތާމަކުރަން. ތަފާތު ސަަގާފަތްތައް ހިއްސާކުރާ ތާރީޚީ ސަގާފީ ތަރިކައާއި، އަހަރުމެން އެއާމެދު ފަޚުރުވެރިވާ، އިންޑިޔާގެ ގިނަ ސަގާފަތްތައް މަސްހުނިވެފައިވާ ސަގާފަތުގައި މުޣަލުން ކުޅެފައިވާ ދައުރު އެބޭފުޅުންނަށް ފެނިވަޑައިނުގަންނަވާ." ދިއްލީ ޔުނިވަސިޓީގެ ޕްރޮފެސަރ ފަރްޙަތު ޙަސަން ވިދާޅުވިއެވެ.

ސަގާފީ  ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މާހިރެއް ކަަމުގައިވާ ޖޭޝްރީ ޝުކްލާ ވެސް ވަނީ އިންޑިޔާގެ މުއްސަނދި ސަގާފަތުގައި މުޣަލުންެގެ ވަރުގަދަ ނުފޫޒު ފާހަގަކުރައްވާފައެވެ.

ހިންދޫންގެ ހާމުދުރެއް ކަމުުގައިވާ އަދިޔަނާތުގެ ސަރުކާރު 2017 ވަނަ އަހަރު އުއްތަރު ޕްރަދޭޝްގެ ވެރިކަމަށް އައި ފަހުން މުހިއްމު ބައެއް ތަންތަނަށް ދީފައިވާ އުރްެދޫ ނަންތައް ބަދަލުކުރަން ފަށާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ގޮތުން އެ ސްޓޭޓުގެ މުހިއްމު ރޭލްވޭ ޖަންކްޝަނެެއްގެ ނަން މުޣަލްސަރާއީއިން ދީން ދަޔާލް އުޕަދްޔޭއަށް ބަދަލުކުރިއިރު، އިލާހުއާބާދުގެ ނަން ޕްރަޔަގްރާޖަށް ބަދަލުކޮށްފައި ވެއެވެ. އަދި ފައިޒްެއާބާދު ޑިސްޓްރިކްޓްގެ ނަން އަޔޯދިޔާއަށް ބަދަލުކޮށް އެ ޑިސްޓްރިކްޓްގެ މައި ރަށަކީ އަޔޯދިޔާކަމުގައި ކަނޑައަޅާފައި ވެއެވެ.  

އަދިޔަނާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ސަރުކާރުން މިހާރު މަސައްކަތްކުރަނީ މަޝްހޫރު ތާޖު މަހަލް ހުންނަ ތާރީީޚީ ރަށް އާގްރާގެ ނަން އަގްރަވާންއަށް ބަަަދަލުކުރުމަށެވެ. މިކަމުގައި އާގްރާގައި ހުންނަ އަމްބޭދްކަރް ޔުނިވަސިޓީގެ ލަފަޔަކަށް އެދިފައިވާ ކަމަށް ވެއެވެ.

ހައްދު ފަހަނައަޅާފައިވާ ހިންދޫ ވަޠަނީ ހަރަކާތުގެ ބާރު އެ ޕަޓީއެއްެގެ ތެރޭގައި ގަދަ ބާރަތިޖާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިންޑިޔާގެ ވެރިކަމަށް އައިފަހުން، ރޭވުންތެރިކަމާއެކު، މުސްލިމުންގެ ސަގާފަތް އިންޑިޔާއިން ފުހެލަން މަސައްކަތްކުރަމުން ދާކަން ފާހަގަކުރެވެއެވެ.

މީލާދީ 16 ވަނަ ގަރުނުން 19 ވަނަ ގަރުނަށް 330 އަހަރު މުޣަލް އެމްޕަޔާ އިންޑިޔާގައި ވެރިކަން ކޮށްފައިވާއިރު އަދިޔަނާތުފަދަ ހަރުކަށި ހިންދޫން އެ ޚާންދާނުގެ ނަން އިންޑީޔާއިން ފުހެލަން މަސައްކަތްކުރި ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ފަަސޭހައިން ވާނެ ކަމެއް ނޫނެވެ. އެހެނީ، މުޣަލް ޚާންދާނުގެ ފުރަތަމަ ހަ ރަސްކަލުންގެ ނަންފުޅަށް ނިސްބަތްވާ 704 ރަށާއި، އަވަށް މިހާރުވެސް އިންޑިޔާގައި މިހާރުވެސް އެބައޮތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. މުސްލިމުންގެ ނަންވެސް އިންޑިއާގެ ތާރީޚުން ފުހެލަން މަސައްކަތް ކުރަމުންދާ ބަޔެއް ބީޖޭޕީއަކީ ހަމައެކަނި ތާރީޚަކުން ނޫން އިންޑިއާގަ އުޅޭ މުސްލިމް ނަސްލުވެސް ނައްތާލަން މަސައްކަތް ކުރަމަުން ދަނީ އަދި ނުވިތަކަށް އެމީހުންގެ މަހާތުމާ ގާނދީވެސް މިހާރު އެގައުމަށް ކަމެއް ކޮށްދިން ކަމަކަށް އެބައިގަނޑު ނުބުނޭ ގާނދީއަށްވުރެ ބޮޑަށް ޚިދުމަތްކުރި މީހެކޯ ސަރުދާރު ޕަޓޭލްއަކި އެހެންވެ ދުނިޔޭގަ ހުރި އެންމެބޮދު ބުދުވެސް ވަނި އޭނަގެ ސިފައިގަ ހަދާ އެންމެ އުހުގަ ބަހައްޓަފަ މޯދީގެ ވެރިކަމުގަ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.