އެމްޑީޕިގެ އެންމެ އިސް ފަރާތް ކަނޑައެޅުމުގައި ޙަސަންގެ ޤާނޫނީ ނިންމުން ރަނގަޅު: ދިޔާނާ

Photo credit: raajje.mv

އެމްޑީޕީގެ އެންމެ އިސްފަރާތްކަނޑައެޅުމުގައި އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފްގެ ޤާނޫނީ ނިންމުން ރަނގަޅު ކަމަށް ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާޓީން ކަނޑައަޅާ ކެންޑިޑޭޓެއް ރައީސްކަމަށް ހޮވި، ޕާޓީގެ ދަށް ރޭންކެއްގައި ހުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އިސްފަރާތެއްގެ ގޮތުގައި ކަނޑައަޅައި އެރުވުން އެއީ ޝަރަފުވެރި ދަރަޖައެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ޕާޓީ ހިންގަވާ ފަރާތެއް ނޫންކަމަށެވެ.

"ޕާޓީ ހިންގެވުމުގެ ޒިންމާއާ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތާ ކޮންޕެޓިބަލް ނުވާނެ. ރައީސުލް ޖުމްހޫރިއްޔާގެ ހުރިހާ ވަގުތެއް ދެއްވަން ޖެހޭނީ އެމަސްއޫލިއްޔަތަށް." ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ޕާޓީ ހިންގުމުގެ ޒިންމާ އޮތީ ޕާޓީގެ ރައީސަށްކަމަށެވެ. އެގޮތުން ޕާޓީ ހިންގަވާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށެވެ.

 ރައީސް ނަޝީދު އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލު ކުރައްވާތީ އެކަން ހުއްޓުވުމަށް އެދި އެޕާޓީ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބުގައި، ޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަޤާމަކީ، ޕާޓީގެ އެންމެ އިސް މަޤާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށެވެ.

1 ޚިޔާލު

  1. ޕާޓީގެ ރައީސް އަށް ކަންކުރެވޭނި ޕާޓީގެ ސިޔާސަތާއި އެއްގޮތަށް. ޕާޓީގެ ސިޔާސަތު ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން. ޕާޓީގެ ރައީސް ގެ މައްސަލައެއް ބަލަނެ ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.