އެންގުމާ ޚިލާފަށް އެއްވުންތަކުގައި ބައިވެރިވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފި

ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގުންތަކާ ޚިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަފާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދެއްވައިފިއެވެ. 

ފުލުހުންގެ މީޑިއާ ގްރޫޕުގައި މަޢުލޫމާތު ޙިއްޞާކުރައްވަމުން ފުލުހުންގެ އިދާރާއީން ވިދާޅުވެފައި ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އާއްމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވަ އެންގުންތަކާ ޚިލާފަށް ބައެއް ފަރާތްތަކުންއެއްވުންތައް ބާއްވަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެފަދަ އެއްވުންތައް ރާއްވާ ފަރާތްތަކާއި އެފަދަ އެއްވުންތަކުގައު ބައިވެރިވާ ފަރާތްތަކާ މެދުވެސް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވިއެވެ. 

"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އެއްނުވުމަށާއި، އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުންވެސް، އެޗްޕީއޭ އިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރަމެވެ." ފުލުހުން ވިދާޅުވިއެވެ. 

ދާދިފަހުންވެސް އިދޮކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން ވަނީ އެޗްޕީއޭގެ އުޞޫލުތަކާ ޚިލާފަށް މަގުމަތީގައި ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތްތަކާ ގުޅިގެން އެކޯލިޝަންގެ އިސްބައެއް ބޭފުޅުނާމެދު ވަނީ ޤާނޫނީ ފިޔަވަޅު އަޅައި ޖުރިމަނާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.